Advertisement
ކ. މާލެ
|
1 މާރޗް 2023 | ބުދަ 20:46
ދަރުބާރުގެ
ދަރުބާރުގެ
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފި
މީގެ ކުރިން އިންތިހާބާ ބެހޭ މައި މަރުކަޒުތައް ހިންގާފައިވަނީ ބާ ޖަމާލުއްދީނުގައި

މި އަހަރުގެ ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖަައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ދަރުބާރުގެ އެ ކޮމިޝަނަށް ދޫކުރަން ޕްލޭނިންގ މިނިސްޓްރީން ހަމަޖައްސާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބަށް ބޭނުންވާ ތައްޔާރީތައް ވުމުގެ މަސައްކަތްތައް ފެށޭނީ އިންތިހާބާ ބެހޭ މަރުކަޒެއް ލިބިގެން ކަމަށާއި، މަރުކަޒެއް ނެތުމުން ގިނަ ދަތިތަކަކާ ކުރިމަތިވާކަމަށް ވިދާޅުވެ ހަބީބު ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement

މީގެ ކުރިން ވަނީ އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގެ ބައު އިމާރާތްވެސް ހޯދަން މަސައްކަތްކޮށްފައެވެ.

އިންތިހާބުތަކުގައި މައި މަރުކަޒެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރަމުން އައީ ބާ ޖަމާލުއްދީނެވެ. އެކަމަކު އެ ތަން ވަނީ އަރަބިއްޔާ ސްކޫލް އަޅަން ސަރުކާރުން ނަގައިފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް