ކ. މާލެ
|
1 މާރޗް 2023 | ބުދަ 14:40
އިންޓަ ސްކޫލް ހޭންޑް ބޮޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ހޭންޑް ބޮޅަ މުބާރާތުގެ ތެރެއިން
ހޭންޑް ބޯލް މޯލްޑިވްސް
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް
15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޙުމަދިއްޔާ އަށް
ފައިނަލްގައި އަޙުމަދިއްޔާ އިން ޣާޒީގެ މައްޗަށް ކުރި ހޯދީ 13-4 ގެ ބޮޑު ތަފާތަކުން

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ހަވީރު ޤައުމީ ހޭންޑް ބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި އަޙުމަދިއްޔާ އިން ވަނީ ޣާޒީ ސްކޫލް ބަލިކޮށްފަ އެވެ. ފައިނަލްގައި އަޙުމަދިއްޔާ އިން ޣާޒީގެ މައްޗަށް ކުރި ހޯދީ 13-4 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަޙުމަދިއްޔާގެ މަރިޔަމް ކައިލީން ޝިރްހާން އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އަޙުމަދިއްޔާގެ ކައިލީން އާއި ފާތިމަތު ރުކާން އިބްރާހީމްގެ އިތުރުން ކަލާފާނު ސްކޫލްގެ މަރިޔަމް މާޝަލް އަޙުމަދު އެވެ.

މިއަހަރު ކުރިއަށް ދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާރުގައި 24 ސްކޫލަކުން 70 ޓީމު ވާދަކުރެ އެވެ. އަންހެން ޑިވިޝަންގެ ކުޅުމަށްފަހު މިހާރު ކުރިއަށް ދަނީ ފިރިހެން ޑިވިޝަންގެ ކުޅުމެވެ.

- ކޮމެންޓް