ކ. މާލެ
|
1 މާރޗް 2023 | ބުދަ 10:46
ރަންތާޖު ގުރުއާން މުބާރާތަށް ހޮވުނު 20 ވަނަ ބައިވެރިޔާ އައިޝަތު ޝަރުފާ
ރަންތާޖު ގުރުއާން މުބާރާތަށް ހޮވުނު 20 ވަނަ ބައިވެރިޔާ އައިޝަތު ޝަރުފާ
ރާއްޖެއެމްވީ
ރަންތާޖު ގުރުއާން މުބާރާތް
ރަންތާޖުގެ އޮޑިޝަނުން ހޮވުނު އީލާފް ވަކިވުމުން 20 ވަނަ ބައިވެރިޔަކަށް ޝަރުފާ
 
މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވޭ

ރަންތާޖު ގުރުއާން މުބާރާތުގެ އޮޑިޝަނުން ހޮވުނު ބައިވެރިންގެ ނަންތައް އިއުލާންކޮށްފައިވާއިރު އޮޑިޝަނުން ހޮވުނު އީލަފް އަހުމަދު ސޮލާހު - ދ. ކުޑަހުވަދޫ ވަކިވުމާއި ގުޅިގެން ރިޒާވް ލިސްޓުން އެންމެ މަތިން މާރކްސް ލިބުނު ބައިވެރިޔާ ހޮވައިފައެވެ.

އެންމެ މަތިން މާރކްސް ލިބިފައިވަނީ އައިޝަތު ޝަރުފާ – ހއ. ހޯރަފުއްޓެވެ. މުބާރާތުގެ އޮޑިޝަންގެ ބައިވެރިންގެ ތެރެއިން 20 ބައިވެރިން ހޮވުމުގެ ކަންކަން ކުރިއަަށް ދިޔައީ، މުބާރާތުގައި ކިޔެވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ބައިވެރިންގެ ކިޔެވުމަށް ފަނޑިޔާރުން ބެއްލެވުމަށް ފަހުގައެވެ.

މުބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާ އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލެ ފިޔަވައި، އޮޑިޝަން ބާއްވާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

ރަންތާޖު ގުރުއާން މުބާރާތަށް ކުދިން ހޮވުމުގައި އޮޑިޝަންތަކުގައި ބައިވެރިވި ހުރިހާ ކުދިން ވެސް އެއް މިންގަނޑަކުން މިންކުރެވުނު ކަމަށާއި މުބާރާތުގައި ވާދަކުރާނީ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު 20 ބައިވެރިން ކަމަށް މުބާރާތުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

މުބާރާތުގެ ފަނޑިޔާރު އަލްގާރީ އިބްރާހިމް ޝިފާއު ވިދާޅުވީ މުބާރާތަށް ކުދިން ހޮވުމުގައި ބަލައިފައިވަނީ ވަރަށް ބޮޑު ފަނޑިޔާރުންގެ ޕެނަލްއަކުން ކަމަށާއި އޮޑިޝަން އޮތް ކޮންމެ ހިސާބަކަށް ވެސް ޖަޖުންގެ ޕެނަލްގެ ތިން ޖަޖުން ވަޑައިގެންނެވިކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން ތިބިކަން ފާހަގަ ކުރެވުނު ކަމަށާއި ސްކޫލްތަކުގެ މަތީ ލެވެލްގައި ކިޔަވަމުންދާ ދަރިވަރުން ވެސް މި މުބާރާތުގައި ބައިވެރިވާން ބޮޑު ޝައުގުވެރިކަމެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކުދިންގެ އިމްތިހާނުތައް އޮތުމުން ބައިވެރިނުވެވުނު ނަމަވެސް ވާދަވެރި ކުދިންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ހޮވައިލެވިއްޖެކަމަށް ޝިފާއު ވިދާޅުވިއެވެ.

މުބާރާތުގެ ފަނޑިޔާރު އަބްދުލް ވާހިދު އަބްދުﷲ ވިދާޅުވީ އޮޑިޝަނުން ހޮވުނު 20 ބައިވެރިންނަށް ވެސް މުބާރާތަށް އެރުމުގެ ކުރިން ޕްރެކްޓިސް ކުރިއަށް ގެންދާނެ ކަމަށާއި އެ ކަމަކީ މި މުބާރާތުގައި ރަނގަޅު ކިޔެވުންތަކެއް ހުށަހެޅުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ. އަދި މުބާރާތަށް ކުދިން ހޮވައިފައިވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށާއި، މި ބައިވެރިންނަކީ ހުރިހާ ގޮތަކުން ބަލައިގެން ހޮވައިފައި ތިބި ބައިވެރިންތަކެއް ކަމަށް ވާހިދު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
47%
5%
26%
5%
5%
ކޮމެންޓް