ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 08:35
ޔޫކްރެއިންގެ ސިފައިން ބަޚްމުތްގެ ވަށައިގެން ދުއްވަނީ
ޔޫކްރެއިންގެ ސިފައިން ބަޚްމުތްގެ ވަށައިގެން ދުއްވަނީ
ރޮއިޓާރސް
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
ބަޚްމުތަށް ވަނުމުގެ މަސައްކަތް ރަޝިއާއިން ފަށައިފި
ޒަރޫރީ ލައިންތައް ކަނޑާލާ އަމާން ދިނުމަށް ދަނީ ފުރުސަތު ދެމުން

ޔޫކްރޭންގައި މައިނިންގެ މަސައްކަތް ކުރާ ކުށަ ރަށެއް ކަމަށްވާ، ބަޚްމުތުގެ ވަށައިގެން ތިބި ޔޫކްރެއިންގެ ސިފައިން ފޫއަޅުވާލާ، އެ ރަށް ހިފުމުގެ މަސައްކަތް ރަޝިއާއިން ފަށައިފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ރަޝިޔާއިން މަސައްކަތް ކުރަނީ ޔޫކްރޭންގެ ސިފައިންގެ، ނާޒުކު ސަޕްލައި ލައިންތައް ކަނޑާލައިގެން އެމީހުން އަމާންދިނުމަށް ނުވަތަ އަނބުރާ ދިއުމަށް މަޖުބޫރު ކުރުވުމަށެވެ. މިއާއެކު ބައި އަހަރުގެ ތެރޭގައި ފުރަތަމަ ބޮޑު ކާމިޔާބު ލިބި، ޑޮނެޓްސްކް ސަރަހައްދުގައި އެންމެ ފަހުން ބާކީ ހުރި އާބަން ސެންޓަރުތައް އަތުލައިގަތުމަށް މަގު ހުޅުވިގެންދާނެއެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެފައިވަނީ ދުޝްމަނުން ދަނީ ކިއްލާ އާއި ދިފާއުގައި ޔޫކްރޭން ސިފައިންގެ މަގާމުތައް ހިމާޔަތް ކުރުމަށް ބޭނުން ކުރެވޭނެ ހުރިހާ އެއްޗެއް ނައްތާލަމުން ކަމަށެވެ. ބަޚްމުތު ވަށައިގެންވާ ސަރަހައްދު ދިފާއުކުރާ ޔޫކްރެއިންގެ ސިފައިންނަކީ ހަގީގީ ބަޠަލުން ކަމަށް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.

ޔޫކްރޭންގެ ޖެނެރަލް ސްޓާފުން ބުނީ ރަޝިޔާއިން ވަނީ ބަޚްމުތު ސަރަހައްދުގައި އެގައުމުގެ ބާރުތައް ވަރުގަދަކޮށް، ރަށުގެ އެކި ހިސާބުތަކުގައި ވަނީ މަޑުކުރަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް