ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 18:38
މެލޭޝިޔާގެ ކުޅުންތެރިން: ތަށި ހޯދީ ސިންގަޕޫރު ތިން ސެޓުން ބަލިކޮށްފައި
މެލޭޝިޔާގެ ކުޅުންތެރިން: ތަށި ހޯދީ ސިންގަޕޫރު ތިން ސެޓުން ބަލިކޮށްފައި
ވީއޭއެމް
ފޯ ނޭޝަންސް ކަޕް
ސިންގަޕޫރު ބަލިކޮށް، ޗެމްޕިއަންކަން މެލޭޝިޔާ އަށް
ފައިނަލުގައި މެލޭޝިޔާ މޮޅުވީ ސިންގަޕޫރާ ބައްދަލް ކޮށް ސީދާ ތިން ސެޓުން

ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށް، ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެލޭޝިޔާ ހޯދައިފި އެވެ.

ދިވެހިރާއްޖެ ބަލިކޮށް ފައިނަލަށް ދިޔަ މެލޭޝިޔާއިން މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ 25-20އިންނެވެ. ދެ ވަނަ ސެޓުގައި ސިންގަޕޫރުން ލީޑުގައި އޮވެ 19 ހަމަކުރި އެވެ. އެކަމަކު 19-19 އިން ނަތީޖާ ހަމަހަމަކޮށް މެލޭޝިޔާއިން ތިން ޕޮއިންޓްގެ ލީޑެއް ނަގައި ސެޓް ނިންމާލީ 52-23 އިންނެވެ.

ސިންގަޕޫރަށް މާބޮޑު ވާދައެއް ނުކުރެވުނު ތިން ވަނަ ސެޓް މެލޭޝިޔާއިން ކާމިޔާބުކުރީ 25-16 އިންނެވެ.

ހަތަރު ގައުމު ވާދަކުރި މުބާރާތުގެ ފައިނަލުން ކެޓީ ރާއްޖެ އާއި އަފްގާނިސްތާނެވެ. މީގެ ތެރެއިން އަފްގާނިސްތާނަކީ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީ އަށް ދިޔަ ޓީމެވެ. އެކަމަކު އެމީހުން ސެމީ ފައިނަލުގައި ބަލިވީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ބަލިވި ސިންގަޕޫރު އަތުންނެވެ. އެ ޓީމުގެ ކޯޗަކީ ދިވެހިރާއްޖޭގެ ކުރީގެ ކޯޗެވެ.

އަފްގާނިސްތާން ފިޔަވައި އަނެއް ތިން ގައުމު ވާދަކުރި އަންހެން ޑިވިޝަނުގެ ފައިނަލްގައި މިރޭ ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ސިންގަޕޫރެވެ. މި މެޗަށް ފަހު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

- ކޮމެންޓް