Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 17:42
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
މިހާރު
ގޭންގުތައް
ގޭންގު މީހުންގެ ނުފޫޒު ކޯޓުތަކުގައި ވެސް އެބައޮތް، ގާޒީންނަށް ބިރު ދައްކާ: ސީޕީ
ހުރިހާ ތަނެއްގައިވެސް ގޭންގުތަކުގެ ނުފޫޒު އެބައޮތް
ގާޒީންނަށްވެސް ގޭންގުތަކުން ބިރު ދައްކާ
ގޭންގު މާރާމާރީތައް އަނެއްކާވެސް ވަނީ ފެށިފައި

ގޭންގުތަކުގެ މީހުންގެ ނުފޫޒު ކޯޓުތަކުގައިވެސް އެބައޮތް ކަމަށާއި އެ މީހުން ގާޒީންނަށްވެސް ބިރުދައްކާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަފުޅުދައްކަވަމުން ސީޕީ ވިދާޅުވީ، ގޭންގުތަކުގެ މީހުން ދޫވުމުގެ ސަބަބަކީ އެ މީހުންގެ ބާރުވެރިކަމާއި ނުފޫޒު ކަމަށެވެ. އަދި ކޯޓު ތެރެއަށްވެސް އެ މީހުން "އަތްބާނާ" ކަމަށާއި ކޯޓުތަކުުގެ ގާޒީންނަށްވެސް ބިރުދައްކާކަމަށް ސީޕީ ވިދާޅުވިއެވެ.

ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން، ސިލްސިލާކޮށް މާލެ ތެރޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު 8 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައެވެެ.

Advertisement

އެ ކަމަށް އިޝާރާތްކުރައްވައި ހަމީދު ވިދާޅުވީ، އެ މީހުން ހައްޔަރުކުރުމުން، ވަކި ގާޒީއެއް މައްސަލަ ބައްލަވާނަމަ މުއްދަތު ނުޖަހާނެކަމަށް ގޭންގުތަކުގެ މީހުން ބުނެގެން އެ ގާޒީއާ ހަމައަށްވެސް އެ މެސެޖު ފޯރުވައިދިން ކަމަށެވެ. އަދި ގޭންގުތަކުގެ މީހުންގެ ބާރު ހުރިހާ ދިމާއެއްގައިވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުުން، އެހެން ދައުލަތްތަކުގައި ވެސް، ކުށްކުރާ މީހުންނާއި ބިރުވެރިކަން ފަތުރާ މީހުންގެ ހުންނަ އާޑުފާޑު ރާއްޖޭގައިވެސް އެއީ ބީރައްޓެހި ކަންތައްތަކެއް ނޫންކަމަށް ހަމީދު ވިދާޅުވިއެވެ. އެ މީހުންގެ ބާރު ހުރިހާ ދިމަދިމާއަކަށް ވެސް ފޯރުވާ ކަމަށާއި، އެކަމުގެ އަސަރުވެސް އެބަ ފެންނަކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ފިޔަވަޅުއަޅަން ތަންފީޒީ އިދާރާތަކުން މަސައްކަތްތަކެއް ކުރިނަމަވެސް އެ ކަމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުންނަކަމަށް ސީޕީ ވިދާޅުވިއެވެ.

އިތުރަށް ސީޕީ ވިދާޅުވީ 2010ވަނަ އަހަރު އެކުލަވައިލާފައިވާ ގޭންގު ކުށްތަކާބެހޭ ގާނޫނަކީ މިހާރު ބޭނުންކުރަން އެކަށީގެންވާ ގާނޫނެއް ނޫންކަމަށެވެ. އެ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސް ތަންކޮޅެއް، ވަށާޖެހޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ތަންފީޒުކުރެވޭ ގާނޫނަކަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް