ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 08:48
ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދުމަށްފަހު އުފާފާޅުކުރަނީ
ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދުމަށްފަހު އުފާފާޅުކުރަނީ
ފޭސްބުކް
ބައިބަލާ 2017
ބައިބަލާ 2017: އޮއެހާ ބަލިކޮށް ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދައިފި
މިއީ ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރު
މިސްޓަ ބައިބަލާއަށް ހޮވުނީ އޮއެހާގެ އަސްލަމް ވާހިދު

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 1438 ވަނަ އަހަރުގެ "މޯލްޑިވިއަން ގޭސް ބައިބަލާ" މުބާރާތުގައި އޮއެހާ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު، ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު އޮއެހާއާ ވާދަކޮށް ޓީނޭޖުން މެޗު ކާމިޔާބުކުރީ ގަދަހިފުމުންނެވެ. މި މެޗުގައި ކުޅުނު ފުރަތަމަ ދެ ގޭމް ނިމުނީ އެއްވަރުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކްލަބް ޓީނޭޖްގެ ހުސެއިން ރަޝީދު އެވެ.

މި މުބާރާތުގެ ތަށި ކްލަބް ޓީނޭޖުން 13 އަހަރަށް ފަހު އުފުލާލާފައިވާއިރު، މިއީ އެޓީމު މުބާރާތުގެ ތަށި ހޯދި ތިންވަނަ ފަހަރެވެ. މިއަހަރުގެ މިސްޓަ ބައިބަލާއަށް ހޮވިފައިވަނީ މިދިޔަ އަހަރުވެސް އެ މަގާމު ހޯދި އޮއެހާ ސްޕޯޓްސްގެ އަސްލަމް ވާހިދެވެ.

މުބާރާތުގެ ފައިނަލަށް ޓީނޭޖް ދަތުރުކުރީ ސެމީފައިނަލްގައި ޒެފްރޯލްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގައި ޓީނޭޖްއާ ވާދަކުރި އޮއެހާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ހުޅުމާލޭ ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޗެމްޕިއަން ޓީނޭޖްގެ އަހުމަދު މުހައްމަދު، ހުސެއިން ރަޝީދު، ދެވަނަ އަށް ދިޔަ އޮއެހާ ސްޕޯޓްސްގެ އަބްދުﷲ ޝާފިއު، ހުޅުމާލޭ ސްޕޯޓްސްގެ އަފްޝީން ހާޝިމް އަދި ކްލަބް ޒެފްރޯލްގެ އިބްރާހިމް ޝަދޫނެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކްލަބް ޓީނޭޖްގެ ފަޒްލަތު އިބްރާހިމް ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕަންކް ދަ ނެކެސްޓް ލެވެލްގެ އިބްރާހިމް ނިހާނެވެ. ޖުމްލަ 39 ޓީމު ވާދަކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކްލަބް ޒެފްރޯލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް