ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 08:11
އިރާންގެ މިސައިލަކާއި ޑްރޯނެއް
އިރާންގެ މިސައިލަކާއި ޑްރޯނެއް
ރޮއިޓާސް
އިރާންގެ އައު ދިގުރާސްތާ މިސައިލް
އައު ދިގުރާސްތާ މިސައިލާއެކު ޓްރަމްޕް މަރާލާނެކަމަށް ބުނެ ދެމުންދާ އިންޒާރު އިރާނުން ތަކުރާރުކޮށްފި
އެ މިސައިލް މިހާރު ގައުމުގެ އަސްކަރީ ހަތިޔާރުތަކުގެ ތެރޭގައި ގުނޭނެ ކަމަށް އިރާނުން ބުނޭ
އިރާންގެ އައި ޕަވޭ ކްރޫޒް މިސައިލްގެ ފުރަތަމް ފުޓޭޖް އެގައުމުން ވަނީ އާންމުކޮށް ޓީވީން ދައްކާފައި
އިރާންގެ ބެލިސްޓިކް މިސައިލްތައް ފުޅާކުރުމުގެ މަސައްކަތް އެގައުމުން ދަނީ ކުރަމުން

އިރާނުން 1،650 ކިލޯމީޓަރު (1،025 މޭލު) ދުރުމިނަށް ދަތުކުރާ ކްރޫޒް މިސައިލެއް އުފައްދާފައިވާ ކަމަށް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރަކު ހާމަކުރައްވައިފިއެވެ.

ހުކުރު ދުވަހު، އެގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރަކު މިކަން ހަމަކުރައްވާފައިވާއިރު، މިއީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ ހަނގުރާމާގައި އިރާންގެ ޑްރޯންތައް ބޭނުންކުރާކަމަށް ބުނެ އުފުލި ކަންބޮޑުވުންތަކަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

އެގޮތުން، އީރާނުން ވަނީ ޔޫކްރެއިންގައި ހަނގުރާމަ ފެށުމުގެ ކުރިން އެގައުމުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ. އަދި ރަޝިޔާއިން ވަނީ ހަނގުރާމައިގައި ޔޫކްރެއިންގެ އިންޖީނުގެތަކާއި އުމްރާނީ ބިނާތަކަށް ހަމަލާދިނުމަށް އެ ޑްރޯންތައް ބޭނުންކޮށްފައެވެ.

އިރާންގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޮސްޕޭސް ފޯސްގެ ވެރިޔާ އަމިރާލީ ހާޖީޒާދޭ ވެސް ވަނީ އީރާނުން އައު ދިގުރާސްތާ މިސައިލެއް އުފައްދާފައިވާކަމަށާއި އެ މިސައިލް މިހާރު ގައުމުގެ އަސްކަރީ ހަތިޔާރުތަކުގެ ތެރޭގައި ގުނޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ އިސް ކޮމާންޑަރަކު އެމެރިކާއިން މަރާލި ހާދިސާގެ ބަދަލު ހިފުމަށް އެގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ކުރީގެ ސެކްރެޓެރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މަރާލާނެކަމަށްބުނެ އިރާނުން ދެމުންދާ އިންޒާރު އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

އިރާންގެ އައި ޕަވޭ ކްރޫޒް މިސައިލްގެ ފުރަތަމް ފުޓޭޖްވެސް އެގައުމުން ވަނީ އާންމުކޮށް ޓީވީން ދައްކާފައެވެ.

އެމެރިކާގެ ދެކޮޅުވެރިކަމާއި ޔޫރަޕްގެ ގައުމުތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއެކުވެސް އިރާނުން ދަނީ އެގައުމުގެ މިސައިލް ޕްރޮގްރާމް ފުޅާކުރަމުންނެވެ. ހާއްސަކޮށް އެގައުމުގެ ބެލިސްޓިކް މިސައިލްތައް ވަނީ ފުޅާކޮށްފައެވެ.

އިރާނުން ބުނަމުންދަނީ އެގައުމުގެ މިސައިލް ޕްރޮގްރާމަކީ ހަމައެކަނި އެގައުމުގެ ދިފާއު ވަރުގަދަކުރުމުގެ ނިޔަތުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

- ކޮމެންޓް