Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 23:08
ހިންމަފުށި
ހިންމަފުށި
ރާއްޖެއެމްވީ
ހިންމަފުށި
ބިދޭސީ މީހާ މަރުވީ ކާނާ ވިހަވެގެންކަން ޔަގީނެއް ނޫން: ހިންމަފުށި ހެލްތް ސެންޓަރ
މަރުވި މީހާގެ ހިތުގެ މައްސަލަ ހުރި
މަރުވި މީހާ ބޭރަށް ހިނގާތީ ހެނދުނު ސިއްހީ މަރުކަޒަށް ގެންދިޔަ
މަރުވި ބިދޭސީ މީހާގެ އުމުރު ޔަގީން ނުކުރެވޭ

ހިންމަފުށީގައި އާދިއްތަ ދުވަހު މަރުވި ބިދޭސީ މިހާއަކީ ކާނާ ވިހަވެގެން މަރުވި މީހެއް ކަން ޔަގީން ނުކުރެވޭކަމަށް ހިންމަފުށީ ހެލްތް ސެންޓަރުން ބުނެފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން، ހިންމަފުށި ހެލްތް ސެންޓަރުން ބުނީ، އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބޭރަށް ހިންގާތީ ބިދޭސީ މީހާ އެ ސެންޓަރަށް ގެނެސް ފަރުވާ ދިނުމަށްފަހު ދޫކޮށްލެވުނު ކަމަށެވެ. އެހެން ނަމަވެސް މިރޭ އެމީހާ ގެނެވުނީ އިތުރު މައްސަލަތަކެއް ހުރުމުން ކަމަށާއި އޭނާ މަރުވަންދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް ޔަގީން ނުކުރެވޭތީ ސަބަބު އަދި ހާމަކުރެވެން ނެތް ކަމަށް ހެލްތު ސެންޓަރުން ބުނެ އެވެ.

ހިންމަފުށީ ހެލްތު ސެންޓަރުން ބުނީ މަރުވި ބަންގްލަދޭޝް ރައްޔިތަކީ ހިތުގެ ބަލި ހުރުމުގެ އިތުރަށް ސިއްހީ އެހެން މައްސަލަތައްވެސް ހުންނަ މީހެއް ކަމަށެވެ. އޭނާގެ އެކި ޑޮކިއުމެންޓްތަކުގައި އެކި އުމުރު ހުރުމުގެ ސަބަބުން މަރުވި ބިދޭސީ ފިރިހެންމީހާގެ އުމުރު ކަށަވަރު ނުކުރެވޭ ކަމަށް ބުނެ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ވަނީ އިތުރުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް