ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 09:32
ތިން ސިޔާސީ ޕާޓީއެއްގައި 3،000 މެންބަރުން ހަމަނުވޭ
ތިން ސިޔާސީ ޕާޓީއެއްގައި 3،000 މެންބަރުން ހަމަނުވޭ
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތައް
3،000 މީހުން ހަމަނުވާ ތިން ސިޔާސީ ޕާޓީއެއް، އެމްއާރުއެމް ހިމެނޭ
ޖުމުލަ ހަތް ޕާޓީއެއްގައި 10،000 މީހުން ހަމަނުވޭ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި 3،000 މީހުން ހަމަނުވާ ތިން ސިޔާސީ ޕާޓީއެއް ހިމެނޭކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މީހުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު 3،000 މީހުން ހަމަނުވާ ތިން ޕާޓީއަކާއި 10،000 މީހުން ހަމަނުވާ ހަތް ޕާޓީއެއް ހިމެނެއެވެ. ތިން ހާސް ހަމަނުވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޑީއާރްޕީ، އެމްއެލްއެސްޑީޕީ، އަދި އެމްއާރްއެމްއެވެ.

އެ ޕާޓީތަކުގެ ތެރެއިން ޑީއާރްޕީގައި 2،224 މެންބަރުން ތިބިއިރު، އެމްއެލްއެސްޑީޕީގައި ތިބީ 2،556 މެންބަރުންނެވެ. އަދި އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 ހާސް ހަމަނުވާ ޕާޓީތަކުގެ ތެރޭގައި ތިން ހާސް މީހުން ހަމަނުވާ ތިން ޕާޓީއާއެކު ޑީއާރްޕީ، އެމްއެލްއެސްޑީޕީ، އެމްއާރްއެމް، އަދާލަތު ޕާޓީ، އެމްޓީޑީ، ޕީއެންސީ، އެމްއެންޕީ ހިމެނެއެެވެ. އެ ގޮތުން އަދާލަތު ޕާޓީގައި 9،786 މެންބަރުން، އެމްޓީޑީގައި 3،016 މެންބަރުން، ޕީއެންސީގައި 3،159 މެންބަރުން އަދި އެމްއެންޕީގައި ތިބީ 9،838 މެންބަރުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބީ ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 57،660 މެންބަރުން ތިބި ކަމަށް ދައްކާއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. އެ ޕާޓީގައި 38،704 މެންބަރުން އެބަތިއްބެެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގައިކަމަށްވާއިރު އެ ޕާޓީގައި 22،607 މެންބަރުން އެބަތިއްބެވެ. ހަތަރު ވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީއޭގައި ތިބީ 10،386 މެންބަރުންނެވެ.

- ކޮމެންޓް