ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އާއި އާރްބީ ލައިޕްޒިގް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗަށް ސިޓީން ނުކުތީ އެ ޓީމުގެ މުހިންމު ކުޅުންތެރިތަކެއް ނުލަ އެވެ. އެ ޓީމުގެ ކެވިޑް ޑިބްރޭނާ އާއި އެމެރިކް ލަޕޯޓް އަދި ޖޯން ސްޓޯންސް އަށް މެޗުގައި ކުޅެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ރަނގަޅަށް ކުޅޭ ލީޑު ވެސް ނަގައިފަ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރު އިލްކާއި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީ އަށް ލީޑު ނަގައިދިނީ ރިޔާދު މާރޭޒް އެވެ. ދެ ވަނަ ހާފުގައި ސިޓީން ލަނޑު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، ލައިޕްޒިގުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ލައިޕްޒިގަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ.
ފުރަތަމަ ލެގު އެއްވަރުވުމުން ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅާނީ ދެ ވަނަ ލެގުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ.