ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 11:09
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ
ރައްޔިތުންގެ މަޖިލިސް
ގުރައިދޫ މެންބަރު ރިޒާ
މެންބަރު ރިޒާގެ އާއިލާއަށް ރައީސް ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެ
17 ވަނަ ރައްޔިތުންގެ މަޖިލީހުގަޔާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފައިވޭ
މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް

ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންކަމަށް މައުލޫމާތު ލިބެއެވެ. އާލާސްކަންފުޅާ އުޅުއްވާތީ މި ފަހުން އޭނާ ގިނައިން އުޅުއްވީ ފަރުވާއަށް ރާއްޖޭން ބޭރުގައެވެ. އަވަހާރަވީ މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބުރާސްފަތި ދުވަހު ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ރިޒާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގަޔާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފައެވެ.

އޭނާ ވަނީ ކުރީގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް