ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 07:29
ގައުމީ އަންހެން ވޮލީޓީމް: މި ޓީމް ކުރިއަށްވުރެ މޮޅުވާނެ ކަމަށް އެސޯސިއޭޝަނުން  ބުނޭ
ގައުމީ އަންހެން ވޮލީޓީމް: މި ޓީމް ކުރިއަށްވުރެ މޮޅުވާނެ ކަމަށް އެސޯސިއޭޝަނުން ބުނޭ
ވީއޭއެމް
ފޯ ނޭޝަންސް ކަޕް
ގައުމީ ވޮލީ ޓީމް އިސްކޮޅަށް ދެމިލައިފި
ޓީމުގައި އިސްކޮޅުން ދިގު ކުޅުންތެރިން ގިނަ

ބުރާސްފަތި ދުވަހު ފަށާ ފޯނޭޝަންސް ކަޕުގައި ވާދަކުރާ ދިވެހި ގައުމީ ވޮލީ ޓީމަށް އިސްކޮޅުގެ އެޑްވާންޓޭޖް ވަރަށް ބޮޑު ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެކްސްކޯ މެންބަރު ޝުއައިބް އަހުމަދު ބުނީ މި ފަހަރުގެ ޓީމަކީ މި ފަހަކަށް އައިސް އެންމެ އިސްކޮޅުން ދިގު ކުޅުންތެރިން ތިބި ޓީމު ކަމަށެވެ.

ފަހުގެ ތާރީހެއްގައި އެންމެ ރަނގަޅަށް އިސްކޮޅު ލިބިފައިވާ ޓީމަކީ މިއީ. ޓީމުގައި ވަރަށް ޒުވާން ކުޅުންތެރިން ވެސް ގިނަ. އެހެންވީމާ މިއީ ކޯޗަށް އޮޕްޝަންސްތައް ގިނަވާނެ ޓީމެއް
އެކްސްކޯ މެންބަރު ޝުއައިބް

އޭނާގެ އިތުރުން ކުރީގެ އެއްވަނަ ލިބަރޯ އަދި އެކްސްކޯ މެންބަރު އަހުމަދު އަދީލް (ބޭބެ) ވެސް ބުނީ ފޯނޭޝަންސް ކަޕަކީ ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

2022 އިން ފެށިގެން ބްރެޒިލްގެ ކޯޗާއެކު ގައުމީ ޓީމަށް އައި ކުރިއެރުމާއި ފެންވަރު ވަޒަންކޮށްލަން ލިބޭ ފުރުސަތެއް މިއީ. ސަޕޯޓަރުންގެ ކުރިމަތީގައި ވޮލީގެ ފޯރި އާއި ޖޯޝް އާލާކޮށްލަން ރަނގަޅު ފުރުސަތެއް. ހަގީގަތުގައި މި މުބާރާތް ރާއްޖޭގައި ބާއްވަން ޖެހުނީ ވެސް މިހެންވެ
އެކްސްކޯ މެންބަރު އަހުމަދު އަދީލް (ބޭބެ)

ފޯނޭޝަންސް ކަޕުގައި ރާއްޖެއާއެކު ވާދަކުރާ އަނެއް ތިން ގައުމަކީ އަފްޣާނިސްތާނާއި މެލޭޝިޔާ އަދި ސިންގަޕޫރެވެ. މީގެ ތެރެއިން މެލޭޝިޔާ އަދި ސިންގަޕޫރުގެ ފެންވަރު ރާއްޖެ އަށްވުރެ މޮޅެވެ. ނަމަވެސް ޝުއައިބް ބުނީ އަފްޣާނިސްތާނަކީ ވޮލީގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމަކަށްވުމުން ފޯރިގަދަވާނެ ކަމަށެވެ.

ސަރަހައްދީ ޓީމަށް އަފްގާނިސްތާންވާތީވެ މި މުބާރާތުގެ ފޯރި ގަދަވާނެ. މެލޭޝިޔާ އާއި ސިންގަޕޫރަކީ ދިވެހިންނަށްވުރެ ވަރުގަދަ ޓީމުތަކެއް. ވަރުގަދަ ޓީމުތަކާ ކުޅުނީމަ ވޮލީ އާއި ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. މިއީ ވާދަވެރި މުބާރާތަކަށްވާނެ،
އެކްސްކޯ މެންބަރު ޝުއައިބް
- ކޮމެންޓް