ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 07:14
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ
ހޯމް މިނިސްޓްރީ
ޝަހީދުންގެ ދުވަސް
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ތުޅާދޫގައި ބާއްވައިފި
 
ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދު

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބ.ތުޅާދޫގައި ބާއްވައިފިއެވެ.

ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދުއެވެ.

ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު އީސާ ވިދާޅުވީ ޤާއުމަށް ފައިދާހުރީ ޤައުމު އާރާސްތުކުރުމުގެ ކޮންމެ ކަމެއްގައި ހުރިހާ އެންމެންވެސް އެކުވެ, އެކަތިގަނޑަކަށްވުމުން ކަމަށެވެ. ވަކިވަކިވެ ދެބަސްނުވުމަށް އިލްތިމާސްކުރައްވަމުން އޭނާ ވިދާޅުވީ ވަކިވަކިވެ ދެކޮޅުވެރިވުމުގައި އޮތީ ގެއްލުމާއި ހަލާކު ކަމަށެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާގައި އަލިރަސްގެފާނުގެ މަތިވެރި ޖިހާދު ދައްކުވައިދޭ ފުރިހަމަ ތަމްސީލެއް ތުޅާދޫ ސްކޫލްގެ ދަރިވަރުން ހުށަހަޅައިދިނެވެ. އަދި ޝަހީދު ކޯޕްރަލް ހުސައިން މުހަންމަދުގެ ޖިހާދާ ގުޅޭގޮތުން ވެސް ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

ދުވަހާ ގުޅިގެން ތުޅާދޫ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ވެސް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖެއިން 60،000 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓައި މައްސަލަ ބަލަނީ
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
އެސްއޯ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ހޯދަން ސަރުކާރުން އަންގައިފި
އަނިޔާކުރި ކުދިންނަށް 15 އަހަރު ނުފުރޭތީ ކުށުގެ އަމަލަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތް: މިނިސްޓަރ
ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 4000 މީހުން އެތެރެވެއްޖެ - މިނިސްޓަރު
ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ
ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ: ހޯމް މިނިސްޓްރީ
ސިޔާސަތުތަކަށް ގެނައި ބަދަލާއެކު މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް މަދުކުރެވިފައިވޭ: ހޯމް މިނިސްޓްރީ