ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 07:11
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ
ހޯމް މިނިސްޓްރީ
ޝަހީދުންގެ ދުވަސް
މަތިވެރި އަބުތާލުން ފަދައިން ދަސްކުރަންވީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އަތުގައިހިފައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް: ޝާހިދު
ޝަޙީދުންގެ ސަބަބުން ގައުމުގައި ގައުމިއްޔަތު އާލާވޭ، އިބްރަތް ހާސިލް ކުރަން ޖެހޭ

އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ މަތިވެރި އަބުތާލުން އެދެއްކެވި މަތިވެރި މަގުން ކުރިއަށްދިއުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުމުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އަތުގައި ހިފައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިއުމަށް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. ތުޅާދޫ ސްކޫލުގައި އަންގާރަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޝަޙީދުންގެ ސަބަބުން ގައުމުގައި ގައުމިއްޔަތު އާލާވާ ކަމަށާއި އެފަދަ ކަންކަމުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. ޝާހިދު ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަންވީ ދިވެހި ރައްޔިތަކަށްވީތީ ރާއްޖެއަށް ކުރިމަތިވަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ޝަހީދުވާ އަބްތާލުންގެ ޒިކުރާ އައުކޮށް، ފަހުރުވެރިވާން ކަމަށެވެ.

ދިވެހިންގެ ގައުމިއްޔަތު ބިނާވެފައި ވަނީ ދިވެހިންގެ ފަހުރުވެރި ފަސްގަނޑަށް ލޭ އޮހޮރުވާލެއްވި މަތިވެރި މުޖާހިދުންނާއި ޝަހީދުންގެ ގުރުބާނީގެ މައްޗަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ ރައްކާތެރިކަމަށްޓަކައި ދިވެހި ސިފައިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް ޝަހީދުވި އަބުތާލުންގެ ޒިކުރާ އައުކުރައްވަމުން މިނިސްޓަރު ވިދާޅުވީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބ.ތުޅާދޫ ހުސެއިން މުހައްމަދުގެ ހަނދާން އައުކުރައްވާކަމަށެވެ. އަދި އޭނާ ނިސްބަތްވާ ތުޅާދޫގައި ޝަހީދުންގެ ދުވަހުގެ ހަނދާން އައުކޮށް ބާއްވާ ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދެއްވުމުގެ ފުރުސަތުދެއްވީތީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އަޅުގަނޑުމެންނަށް މިއަދު އާދެވިފައި މިތިބަ ހިސާބަކީ ދުނިޔޭގެ އެންމެ އުސް ކުންނުތަކާއި ހިސާބު ކަމަށެވެ. ބައިނަލްއަޤްވާމީ އެންމެ އުސް ކުރިބޯށިތަކުގައި މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި, ހުދުގެ ފަޚުރުވެރި ދިދަ ވިހުރެމުން އެބަދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް