Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 23:22
ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސާއި ބައްދަލުކުރެއްވުން
ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
އަދާލަތު ޕާޓީން އެމްޑީޕީއާ ބައްދަލުކުރުން: ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ހިއްސާކޮށްފި
އުންމީދުކުރަނީ ވަރަށް އަވަހަށް މަޝްވަރާތައް ނިންމާލެވޭނެ ކަމަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ދައުވަތަށް، އެޕާޓީއާއެކު މަޝްވަރާކުރުމަށް ޢަދާލަތު ޕާޓިގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާތީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމާ ގުޅޭގޮތުން އެމްޑީޕީއާއެކު އަދާލަތުން ޕާޓީން މަޝްވަރާ ކޮށްފިއެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު ރާއްޖެއެމްވީއަށް ވިދާޅުވީ މި މަޝްވަރާ ބައްދަލުުވުމުގައި އެޕާޓީން އެދޭކަންކަން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި 5 އަހަރުގެ ދައުރުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

Advertisement

ހިނގަމުންދާ މަޝްވަރާއަކަށްވުމުން އަދާލަތު ޕާޓީން ހުށަހެޅި ކަންބޮޑުވުންތައް ހާމަކުރެވެން ނެތް ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

މަޝްވަރާތައް ކުރިއަށްދިޔައީ ފަހި މާހައުލެއްގައިކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ އެއްބަސްވުމަކަށް އާދެވުމަށްޓަައި އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. ނަޒީރު ވިދާޅުވީ އުންމީދުކުރަނީ ވަރަށް އަވަހަށް މަޝްވަރާތައް ނިންމާލެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް