ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 16:34
ދަރުމަވަންތަ ސްކޫލް
ދަރުމަވަންތަ ސްކޫލް
ޓްވިޓަރ
އެޑިއުކޭޝަން މިނިސްޓްރީ
ދިރާސީ އައު އަހަރު އޮގަސްޓް 6 އެއްގައި
 
ފުރަތަމަ ޓަރމުގެ ޗުއްޓީ ފެށެނީ ޑިސެމްބަރު 21ގައި

މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ވަނީ މިކަން ހާމަކޮށް އަންގާރަ ދުވަހު މިއަހަރު ދިރާސީ އައު އަހަރުގެ ކަލަންޑަރު އާއްމުކޮށްފައެވެ. އެކަޑަމިކް ކަލަންޑަރުގައި ބުނާގޮތުން ފުރަތަމަ ޓަރމުގެ ޗުއްޓީ ފެށޭނީ ޑިސެމްބަރު 21 ގައެވެ. އަދި މި އަހަރުގެ ދެވަނަ ޓަރމުގެ ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ ހަތެއްގައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 13، ޖޫން 2024ގައެވެ. އެހެންކަމުން ބޮޑު ޗުއްޓީ ދިމާކުރާނީ 14 ޖޫން 2024ން 25 ޖުލައި 2024ށެވެ.

އެކަޑަމިކް ކަލަންޑަރުން ދައްކާގޮތުގައި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ 31 ޖުލައިގައެވެ.

ރާއްޖޭގައި މީގެ ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ވަނީ ދިރާސީ އައު އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކޮށްފައެވެ. މި ގޮތަށް ބަދަލުކުރީ 2021ގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި ދިރާސީ އަހަރު އޮގަސްޓަށް ބަދަލުކުރީ، ގިނަ މަޝްވަރާތަކަކަށްފަހު، އެ ބަދަލުން ދަރިވަރުންނަށް ފައިދާތަކެއް ކުރާނެތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
67%
0%
0%
33%
ކޮމެންޓް
ގުޅުންހުރި