ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 07:22
ތުރުކީއަށް އަނެއްކާވެސް އިތުރު ބިންހެލުމެއް އައުން
ތުރުކީއަށް އަނެއްކާވެސް އިތުރު ބިންހެލުމެއް އައުން
ރޮއިޓާރސް
ތުރުކީއާއި ސީރިޔާއަށް ބިންހެލުން އައުން
ތުރުކީއާއި ސީރިޔާއަށް އައި ދެވަނަ ބިންހެލުމުގައި 3 މީހުން މަރުވެއްޖެ
680 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި
މިއީ 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް

ތުރުކީއާ ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި 3 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ތުރުކީއާ ސީރިޔާއަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވިތާ ދެ ހަފުތާ ފަހުން އަނެއްކާވެސް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް ހޯމަ ދުވަހު ވަނީ އައިސްފައެވެ.

ބީބީސީން ރިޕޯޓުކުރާގޮތުގައި މި ބިންހެލުމުގައި މިހާތަނަށް 3 މީހުން މަރުވެ، 680 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސީސްމަލޮޖިކަލް ސެންޓަރ (އޭއެމްއެސްސީ)ން ބުނެފައިވާގޮތުގައި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ ދެ ކިލޯމީޓަރު އަޑިންނެވެ.

މި މަހުގެ ކުރީކޮޅު ސީރިޔާ-ތުރުކީ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ދެ ގައުމުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި އެތައް އިމާރާތެއް ވެސް ވަނީ ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް