ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއަށް 2 އެއަރބަސް ކުއްޔަށް ދޫކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ އޭ330-200 މަރުކާގެ 2 ބޯޓު ހޯދަން އިއުލާނުކޮށްފައެވެ. އެއީ 6 އަހަރު ދުވަހަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9 މާރޗު 2023 ގެ 14:30 ގެ ކުރިން އައިލެންޑް އޭވިއޭޝަންއަށް ގުޅުމަށް ވަނީ އެދިފައެވެ.
މޯލްޑިވިއަންއިން ގެންދަނީ އެ އެއާލައިންގެ ދަތުރުތައް އިތުރުކޮށް، ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މި ދެ ބޯޓު ކުއްޔަށް ހޯދަން އިއުލާނުކޮށްފައިވަނީ ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށެވެ.