ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 07:11
ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާއިލް
ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާއިލް
ޕޮލިސް
އާސިރު ގެއްލުން
އާސިރު ގެއްލިގެން ހޯދުމުގައި ކަންތައް ހިނގިގޮތް ބަލަން ތަހުގީގެއް ހިންގަނީ
 
އާސިރު ފެނިފައިވަނީ 12 ދުވަސްފަހުން އެއަރޕޯޓުން

ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން ފެނުމާ ދޭތެރޭގައި އޭނާ ހޯދުމުގައި ކަންތައްވިގޮތުގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އާސިރުއަށް ވީނުވީއެއް ނޭނގިގެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 7:30 ހާއިރުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް ބުނެއެވެ. އެއާއެކު އޭނާ ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯވެސް އާއްމުކުރިއެވެ.

އޭނާ ގެއްލުނުތާ 2 ހަފްތާ ފަހުން މިކަމާއި ގުޅިގެން ނޫސްވެރިން އެތަކެއް ސުވާލެއް ފުލުހުންނާއި ކުރިމަތިކޮށްފައިވާއިރު، ފުލުހުން އާދީއްތަ ދުވަހު ކުރު ގޮތަކަށް ބުނެފައިވަނީ އާސިރު ފެނިފައިވަނީ އެއަރޕޯޓް ޓަރމިނަލް ތެރެއިން ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އާސިރު ފެނުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އާސިރު އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ސީސީޓީވީން ލިބިފައިވާ ފުޓޭޖުތަކުން އެނަލައިޒްކޮށްގެން ހޯދިފައިވާ ކަމަށާއި ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް