ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 22:18
ދިމިޝްގަށް އިސްރާއިލުން ދިން މިސައިލް ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ
ދިމިޝްގަށް އިސްރާއިލުން ދިން މިސައިލް ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ
ރޮއިޓާސް
ސީރިއާގެ ދިމިޝްގަށް ދިން މިސައިލް ހަމަލާ
ދިމިޝްގަށް އިސްރާއިލުން ދިން މިސައިލް ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ
ހަމަލާ އަމާޒުވެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ސެކިއުރިޓީ ކޮމްޕްލެކްސްއަކަށް
މިހަމަލާ އަމާޒުވެފައި ވަނީ މެދުތެރޭ ދިމިޝްގަށް
މިހަމަލާ ދީފައި ވަނީ އާދިއްތަ ދުވަހު

އިސްރާއިލުން ދިމިޝްގަށް ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެފައިވާކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.

މިހަމަލާ ދީފައި ވަނީ އާދިއްތަ ދުވަހުއެވެ. މިހަމަލާ އަމާޒުވެފައި ވަނީ މެދުތެރޭ ދިމިޝްގަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ހަމަލާ އަމާޒުވެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ސެކިއުރިޓީ ކޮމްޕްލެކްސްއަކަށެވެ.

މިހަމާލާގައި އެއިމާރާތުގެ އިތުރުން، އެހެން އިމާރާތްތަކަށްވެސް ގެއްލުންވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން މި ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެސް ވެފައެވެ.

މިކަމުގައި އިސްރާއިލްގެ ބަހެއް އަދި ލިބިފައި ނުވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް