ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 07:36
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑް
އަންޗެލޮޓީ ބުނަނީ މޮޅާއެކު ލީގު ރޭހުގައި އޮވެވޭނެ ކަމަށް
 
އަންޗެލޮޓީ ބުނީ، ކުޅުންތެރިން ދައްކަމުން އަންނަނީ އޭނާ އެންމެ ބޭނުންވާ ކުޅުން ކަަމަށާއި، ރެއާލްގައި ތިބީ ޓީމަށް ބޭނުންވާ ފަދަ މޮޅު ކުޅުންތެރިން ކަމަށް

ސްޕެނިޝް ލީގުގައި އޮސަސޫނާ އަތުން ލިބުނު މޮޅާއެކު ރެއާލް މެޑްރިޑަށް ލީގު ރޭހުގައި އޮވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޮސަސޫނާގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ކުޅުންތެރިން ދައްކަމުން އަންނަނީ އޭނާ އެންމެ ބޭނުންވާ ކުޅުން ކަަމަށާއި، ރެއާލްގައި ތިބީ ޓީމަށް ބޭނުންވާ ފަދަ މޮޅު ކުޅުންތެރިން ކަމަށެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު މޮޅަކާއެކު ޓީމު މިހާރު އޮންނާނީ އިތުބާރާއެކު ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މެޗުގެ ދެ ވަނަ ހާފުގައި ދެއްކި ކުޅުން، ފުރަތަމަ ހާފުގައި ދެއްކި ނަމަ މެޗުގެ ލީޑު މާ ކުރިން ލިބުނީސް ކަމަށެވެ. އެގޮތުން ރެއާލްގައި އޮތް ރޫހާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، މެޗަކީ ވަރަށް ފުރިހަމަ މެޗެއް ކަމަށެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް އެއީ ވަރަށް މުހިންމު މޮޅެއްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެކަމުގެ ސަބަބުން ލީގު ރޭހުގައި އޮވެވޭނެ ކަމަށެވެ. އެހެންކަމުން ދަނޑު ދޫކޮށް މުޅި ޓީމު ވެސް ދިޔައީ ވަރަށް އުފަލުން ކަމަށެވެ. އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް އަށް ނުކުޅެވުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ކުޅުންތެރިން ފެންނާނެ ކަމުގެ އުންމީދު ވެސް އަންޗެލޮޓީ ވަނީ ދީފަ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުމަށްފަހު، ސްޕެނިޝް ލީގުގައި 25 ވަނަ ދުވަހު ނުކުންނާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް