Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 12:40
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
ޖަޕާނު މީހާ
ޖަޕާނު އަންހެން މީހާ ހުރީ ދޫކޮށްލާފައި، އޭނާގެ މައްސަލަ ދަނީ ބަލަމުން
އެމީހާ އަނބުރާ ޤައުމަށް ފޮނުވާލުމާމެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ނިމުމުން
އޭނާ ހާޒިރު ކުރުމަށްފަހު އޭނާއާ ސުވާލުކޮށްފައިވޭ

މާލޭގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާގެ މައްސަލަ ބަލަމުންދަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަންގެ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވީ، އޭނާ ހާޒިރު ކުރުމަށްފަހު އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ އިމިގްރޭޝަނުން ބަލަމުންދާ ކަމަށާއި، އެ މައްސަލަ ބަލަމުންދަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހާ އަނބުރާ ޤައުމަށް ފޮނުވާލުމާމެދު ގޮތެއް ނިންމާނީ އެ މައްސަލަ ބަލާ ނިމުމުންކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

Advertisement

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ދިރިއުޅެމުންދާއިރު މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވާ، ބިދޭސީ މީހާއާ ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލާގައި، ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޙިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރުމަށް އެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ އަންހެން މީހާގެ ފޮޓޯ އާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ކާނެ އެއްޗެއް ހޯދުމަށާއި ބޭސްފަރުވާ ކުރުމަށް އެދި ޖަޕާންގެ އެ މީހާ ފައިސާ ހޯދާ ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ޕޯސްޓުތަކުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން މާލޭގައި ދިރިއުޅޭ މީހެއް ކަމަށް ކަށަވަރު ކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް