ކ. މާލެ
|
18 ފެބްރުއަރީ 2023 | ހޮނިހިރު 17:04
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ
އެމްޑީޕީ
މާރިޔާގެ ވާހަކަ ދިފާއުކުރުން
މާރިޔާގެ ވާހަކަ ދިފާއުކުރައްވައިފި، ވިދާޅުވީ އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ ކަމަށް
 
މާރިޔާ ވަނީ މިހާރު ތައްޔާރު ކުރާ ފައުޖު އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮއެއް ނުގަންނާނެ ކަމަށް ވިދާޅުވެފައި
 
ނުގޮވާށޭ ބުނެބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމަ އެ ދިމާވި ކަންތައް އެހެން މީހަކަށް ދިމާނުވާން އެ ވާހަކަ ދައްކަންޖެހޭ

އިންޑިއާއަށް ގޮސް އުޅެނިކޮށް ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދުއާ ގުޅޭގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެވާހަކަ އޭނާ ދިފާއުކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ "އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ، ސަމަދަކީ ސިފައިން ގޭގައި މަސައްކަތް ކުރި މީހެއްކަމަށް ބުނެ އިންޑިއާއިން ޑީޕޯޓްކޮށްލުމުން މިޑިއާތަކަށް ދިން އިންޓަރވިއުގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެއީ މާރިޔާ ސަމަދަށް ކުރެއްވި ވަރަށް ބޮޑު "މަލާމާތެއް" ކަމަށް ބުނަމުންނެވެ.

ސަމަދަށް ނިސްބަތްކޮށް، ޖަލްސާގައި މާރިޔާ ވިދާޅުވީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް [ސިފައިންނާއި ފުލުހުން] ރޮއެ ނުގަންނާނެ ކަމަށެވެ. އަދި މިހާރު ތައްޔާރުކުރައްވާ ފައުޖަކީ ހެދޭ ނުހެދޭ ނޭނގޭ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.

އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މާރިޔާ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ޓްވީޓެއް ކުރައްވާ އޭނާގެ ވާހަކަ ދިފާއުކުރައްވާފައެވެ. މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ "އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބައި، ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމައި، އެ ތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރޮވުން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ،" ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ދިފާއުގައި ކަމަށް ބުނެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިންގައި އިސް ސަފުގައި އުޅޭ ސަމަދު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އޭނާ ބޭސްފަރުވާއަށް އާއިލާއާ އެކު ބެންގަލޫރަށް ގޮސް އުޅެނިކޮށެވެ.

އިންޑިއާގެ އިމިގްރޭޝަނުން ސަމަދު ޑީޕޯޓްކޮށްލާފައިވާއިރު، މީގެ ކުރިން އެ ޕާޓީގައި ހުރި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް ވެސް އިންޑިއާއިން އަނބުރާ ފޮނުވާލިއެވެ. އެއީވެސް އެފަދަ މައްސަލައެއްގައެވެ.

ބޭރުގެ ގައުމުތަކުން، އެގައުމަކާއި ދެކޮޅަށް ބަސްބުނެ، އެގައުމުގެ ސިޔާދަތަށް ފާޑުކިޔާނަމަ އެ ފަދަ ފަރާއްތައް ދެނެގަނެ އެގައުމަށް އެތެރެ ނުވުމާއި، ޑީޕޯޓްކޮށްލުން ފަދަ ފިޔަވަޅުތައް އަޅައެވެ. މިއީ ކުރިއަރާފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
20%
40%
0%
0%
20%
20%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް