ކ. މާލެ
|
18 ފެބްރުއަރީ 2023 | ހޮނިހިރު 13:14
ސިމްޑީ ރޯދަ ޕްރޮމޯޝަން ތައާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --
ސިމްޑީ ރޯދަ ޕްރޮމޯޝަން ތައާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --
އާލިމް ޢަބްދުއްލަތީފް
ސިމްޑީ ރޯދަ ޕްރޮމޯޝަން
ސިމްޑީ ރޯދަ ޕްރޮމޯޝަން: އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާ
ސިމްޑީ ރޯދަ ޕްރޮމޯޝަން މިފަހަރު ކުރިއަށް ގެންދާނީ އެ ކުންފުނީގެ ތިން ޑިވިޜަނެއް ގުޅިގެން

އަގުބޮޑު އިނާމުތަކަކާއެކު ކުރިއަށް ގެންދާ ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

ސިމްޑީ ރަމަޟާން ޕްރޮމޯޝަނާ ގުޅިގެން މައުލޫމާތު ދޭން އެ ކުންފުނީގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕީއާރް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ހަމީޝް ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުން ފަށައިގެން 02 މޭއާ ހަމައަށް ކަމަށެވެ. ސިމްޑީގެ ފިހާރަތަކުންނާއި ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މަދުވެގެން 500 ރުުފިޔާގެ ވިޔަފާރިކުރައްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީޝް ވިދާޅުވީ މި ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ތިންވަނަ ފަރާތަކަށް ލިބޭނީ 25،000 ރުފިޔާގެ ސިމްޑީ ހޯމް ޕެކޭޖެއް ކަމަށެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު އެއްވަނައަށް ދާ ފަރާތަކަށް ލިބޭނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް، ކޮންމެ ހަފުތާއެއްގައިވެސް ނަސީބުވެރި ފަރާތެއް ހޮވަން ނިންމާފައި ވާކަމަށާއި އެ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެކަމަށް ހަމީޝް ވިދާޅުވިއެވެ.

މީގެ އިތުރުން ސިމްޑީ ރޯދަ ހަދިޔާ ގިފްޓް ޕެކްވެސް މި ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ހަމީޝް ވިދާޅުވީ އެ ކުންފުނިން ތައާރަފްކުރަނީ ރޯދަމަހަށް ބޭނުންވާ ހުރިހާ ޕްރޮޑަކްޓުތަކެއް ހިމެނޭ ހަތަރު ގިފްޓް ޕެކް ކަމަށެވެ. އެ ގޮތުން، އޭގެ ތެރޭގައި ރޯދަ ހަދިޔާ 500 ޕެކާއި 1000 ރުފިޔާގެ ޕެކާއި 1500 ރުފިޔާގެ ޕެކާއި 2000 ރުފިޔާގެ ޕެކް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް ރޯދަ ހަދިޔާ ގިފްޓް ޕެކް ނެންގެވުމުން ބޭނުންވާ ތަނަކަށް ޑެލިވަރކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަވެގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ސިމްޑީގެ ތިން ޑިވިޜަނެއް ބައިވެރިވާނެއެވެ. އެ ގޮތުން އެ ކުންފުނީގެ ކޮންސިއުމަރ ޕްރޮޑަކްޓްސް ޑިވިޜަނާއި ސިމްޑީ ޓެކް ޑިވިޜަނާއި ސިމްޑީ ރެސޫގެ ޑިވިޜަނުންވެސް ބައިވެރިވާނެއެވެ. މިއީ އެ ކުންފުނީގެ ތިން ޑިވިޜަން ގުޅިގެން ކުރިއަށް ގެންދާ ފުރަތަމަ ޕްރޮމޯޝަނެވެ. މީގެ އިތުރުން، ސިމްޑީން ތައާރަފްކުރާ ރޯދަ ގިފްޓު ޕެކްތަކުގެ މަގުސަދަކީ ރޯދަ މަހު މުޖުތަމައަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި ގުޅުން ބަދަހިކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ބައިވެރިވުން ކަމަށް ޔޫޝައު ވިދާޅުވިއެވެ.

- ކޮމެންޓް