ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 19:15
ޑރ. މަރިޔަމް ޝަކީލާ
ޑރ. މަރިޔަމް ޝަކީލާ
ރާއްޖެއެމްވީ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް 2023
އައިސީޕީގެ އަމާޒަކީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަމުގެ ފަރުވާއަށް އޮތް ޑިމާންޑާ، ލިބެންހުރި ފަރުވާގެ ކެޕޭސިޓީއާ ދެމެދު ފަރަގު ކުޑަކުރުން: ޑރ.މަރިޔަމް ޝަކީލާ
 
އައިސީޕީން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ދެ މުއައްސަސާގެ މެދުގައި ވަސީލަތްތައް ހިއްސާކުރާނެ
 
ރާއްޖޭގައި ނަފްސާނީ ފަރުވާއަށް ޑިމާންޑް އިތުރުވަމުންދޭ
 
މިއަހަރުގެ ޝިއާރަކީ "ނަފްސާނީ ސިއްހަތަކީ އާންމު އިންސާނީ ހައްގެއް"

އިންސްޓިޓިއުޓް ފޯ ކައުންސެލިންގ އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ އަމާޒަކީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަމުގެ ފަރުވާއަށް އޮތް ޑިމާންޑާ، ލިބެންހުރި ކެޕޭސިޓީއާ ދެމެދު އޮންނަ ތަފާތު ކުޑަކުރުންކަމަށް އައިސީޕީގެ ސީއީއޯ އަދި ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާ އިވެންޓް ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިސީޕީގެ ސީއީއޯ އަދި ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވަނީ މިއަހަރުގެ ޝިއާރު ކަމަށްވާ "ނަފްސާނީ ސިއްހަތަކީ އާންމު އިންސާނީ ހައްގެއް" މި ކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އެގޮތުން ރާއްޖޭގައި ނަފްސާނީ ފަރުވާއަށް ޑިމާންޑް އިތުރުވަމުންދާކަން ޑރ. މަރިޔަމް ޝަކީލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ކަންކަމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާއި މުޅި މުޖުތަމައުގެ އެންމެން އެކަމާއި ވިސްނައި އެކަންކަމަށް ހޭލުންތެރިވާންޖެހޭކަމަށް ޑރ. މަރިޔަމް ޝަކީލާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. މަރިޔަމް ޝަކީލާ ވަނީ އިންޑިއާގެ ބެންގަލޫރުގެ އެސްޓާ ލިޓްލް ބްލޫޖޭސްއާ އެކު ހެދިފައިވާ އައު ޕާޓްނަޝިޕަށް ތައުރީފުކޮށްފައެވެ. އަދި ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، އައިސީޕީން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ދެ މުއައްސަސާގެ މެދުގައި ވަސީލަތްތައް ހިއްސާކުރާނެކަމަށެވެ.

މި ރަސްމިއްޔާތުގައި އައިސީޕީއާއި ސިމްޑީ ގްރޫޕްގެ މެމްބަރުންގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ މުހިންމު ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް