ކިނބިދޫ ދާއިރާގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާ އާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމްއާއި ސުވާލު ކުރެއްވުމަށް ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރާއި ސުވާކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، އެ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރ އަބްދުﷲ ރިޔާޒު އެވެ.
މިނިސްޓަރު ތޯރިގް އާއި ކުރެއްވުމަށް މެމްބަރުން ރިޔާޒު ހުށަހެޅުއްވި ސުވާލުގައި ވަނީ "ތ. އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑޫދޫ މި ފަސް ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުންތޯ؟" އެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާ ބާއްވާފައިވާއިރު، މިއީ މިނިސްޓަރު ތޯރިގްއާއި ސުވާލު ކުރެއްވުމަށް މަޖިލީހުގައި އެޖެންޑާކުރި ދެވަނަ ޖަލްސާއެވެ.
މީގެކުރިން މި އަހަރުގެ ދެ ވަނަ ދައުރުގެ ތިން ޖަލްސާއެއްގައި މިނިސްޓަރަކާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފައިވެއެވެ. އެއީ މިނިސްޓަރު ތޯރިގްއާއި ކުރެއްވުމަށް އެޖެންޑާ ކުރެއްވި ސުވާލަކާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލު ކުރުމަށް އެޖެންޑާކުރި ދެ ޖަލްސާ އެވެ.
މި ހަތަރު ސުވާލު ވެސް ހުށަހަޅުއްވާފައި ވަނީ ކިނބިދޫ ދާއިރާގެ ރަށްރަށުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުންނާއި އަސާސީ ބައެއް ހިދްމަތްތަކާއި ގުޅޭ ގޮތުން، އެދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ.