Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 14:12
ރޯވެފައިވާ ލޯންޗު-
ރޯވެފައިވާ ލޯންޗު-
ޓްވިޓަރ
އަލިފާނުގެ ހާދިސާ
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއް
އެމްއެންޑީއެފްއަށް ރިޕޯޓް ކުރީ 2:15 ގައި
ލޯންޗުގައި ތިބީ ތިން މީހުން، ދެ މީހަކަށް ސީރިއަސް އަނިޔާ

މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މެންދުރު 2:15 ގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 30 މިނެޓް ފަހުންނެވެ.

އަލިފާން ރޯވީ ބޭންކް އޮފް ސިލޯނާ ދިމާލުން މާލޭ ފަޅުތެރޭގައި އަޅާފައި އޮތް އައުޓްބޯޑް ލޯންޗެކެވެ. އެ ލޯންޗަކީ މަކުނުދޫ އައިލެންޑް ރިސޯޓުގެ ލޯންޗެކެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ލޯންޗުގައި އަލިފާން ރޯވި ވަގުތު ލޯންޗުގައި ތިބި ހަތަރު މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެ ހަތަރު މީހުންނަށް ވެސް އައިޖީއެމްއެޗް ގައި ދަނީ ފަރުވާދެމުންނެެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ހަތަރު މީހުންގެ ހާލަތު ވެސް ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް އެކަކުގެ ހަށިގަނޑުގެ 10 އިންސައްތަ ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް