Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 11:29
މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން
މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން
ރާއްޖެއެމްވީ
މަޑިވަރު އެއާޕޯޓު
މަޑިވަރު އެއާޕޯޓު ކްރޮސް ސަބްސިޑީ އުސޫލުން އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފި
މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 77 މިލިއަން ރުފިޔާ

މަޑިވަރު އެއާޕޯޓު ކްރޮސް ސަބްސިޑީ އުސޫލުން އިންޓަނޭޝަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ބުރާސްފަތި ދުވަހު ނެރުއްވި ޤަރާރެއްގައެވެ. ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ އެއާޕޯޓުތައް ތަރައްގީކުރުމަށާއި، ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ޚަރަދުތައް ފޫބެއްދުމަށް ފާއިތުވި ސަރުކާރުތަކުން ވެސް ގެންގުޅިފައިވާ ސިޔާސަތެކެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 77 މިލިއަން ރުފިޔާއެވެ.

Advertisement

ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްގީކޮށްފައިވާ މި އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއެވެ. އެއަރޕޯޓު ތަރައްގީކުރުމަށް އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ 29 މެއި 2018 ގައެވެ. ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަދަރު ކޮށްގެން ހެދި މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީންނެވެ.

މަޑިވަރު އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި، އުޅަނދުތައް ޕާކުކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިން އަދި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ވަނީ ތަރައްގީކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް