ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 08:56
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކައުންސެލަރު ޑެރެކް ޗޮލެޓް
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކައުންސެލަރު ޑެރެކް ޗޮލެޓް
ރޮއިޓާސް
ޗައިނާ އަށް ދައްކަންޖެހޭ ދަރަނި
ޕާކިސްތާނާއި އެހެން ގައުމުތަކުން ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތަކާމެދު އެމެރިކާގެ ކަންބޮޑުވުން
ދުނިޔޭގެ އެހެން ތަންތަނުގައި ޗައިނާގެ ދަރަނި، ނުވަތަ ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަރަށް ސާފު

ޕާކިސްތާނާއި އެހެން ގައުމުތަކުން ޗައިނާއަށް ދައްކަންޖެހޭ ދަރަނިތަކާ މެދު އެމެރިކާ ކަންބޮޑުވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކައުންސެލަރު ޑެރެކް ޗޮލެޓް ވިދާޅުވެއްޖެއެވެ.

ތާރީހީ ގޮތުން ވޮޝިންޓަންގެ ގާތް އެކުވެރިއެއް ކަމަށްވާ ޕާކިސްތާން ވަނީ ބިލިއަން ޑޮލަރުގެ ލޯނު ދީފައިވާ އަދި އިސްލާމްއާބާދުގެ އެންމެ ބޮޑު އެއް ކްރެޑިޓަރު ކަމަށްވާ ޗައިނާއާ ގާތްވެފައެވެ. މިވަގުތު ޕާކިސްތާނަށް ކުރިމަތިވެފައިވަނީ ނާޒުކު އިގްތިސާދީ ދަތިކަމެކެވެ.

ބުރާސްފަތި ދުވަހު އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހު, އިސްލާމްއާބާދުގައި ހުންނަ އެމެރިކާ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗޮލެޓް ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި ޗައިނާގެ ދަރަނި، ނުވަތަ ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަރަށް ސާފު ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާންމުކުރި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާ އާއި ޗައިނާގެ ވިޔަފާރި ބޭންކުތަކުގެ އަތުގައި ޕާކިސްތާނުގެ ޖުމްލަ ބޭރު ދަރަނީގެ ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ ނުވަތަ %30 އިންސައްތަ ހިއްސާވެއެވެ.

އެ ދަރަނީގެ ބޮޑު ބައެއް އައިސްފައިވަނީ ބެއިޖިންގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައެއް ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯގެ ދަށުންނެވެ.

ޗޮލެޓް ވިދާޅުވީ ވޮޝިންޓަނުން އިސްލާމްއާބާދާއި ވާހަކަ ދައްކަނީ ބެއިޖިންއާ ގާތް ގުޅުމެއް އުފެއްދުމުގެ "ނުރައްކަލާއި ބެހޭ ގޮތުން" ކަމަށާއި ނަމަވެސް ޕާކިސްތާނުން އެމެރިކާ އާއި ޗައިނާގެ ތެރެއިން އެއްވެސް ޤައުމެއް ޚިޔާރު ކުރުމަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ހަނގުރާމައާ ގުޅިގެން އިސްލާމްއާބާދާއި ވޮޝިންޓަންގެ ގުޅުން ފިނިވެފައިވީ ނަމަވެސް ފާއިތުވި މަސްތަކުގައި މަތީ ފެންވަރުގެ ޒިޔާރަތްތައް އަންނަނީ އިތުރުވަމުންނެވެ.

- ކޮމެންޓް