ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 21:11
ތެލުގެ ދިގު ކިއުތަކުން ލަންކާގެ ދިގު ލައިގެން ދިޔައިރު
ތެލުގެ ދިގު ކިއުތަކުން ލަންކާގެ ދިގު ލައިގެން ދިޔައިރު
ރޮއިޓާރސް
ކަރަންޓުގެ އަގު ބޮޑުކުރުން
ލަންކާގައި ކަރަންޓުގެ އަގު ބޮޑުކޮށްފި
ކަރަންޓްގެ އަގު ބޮޑުކޮށްފައިވަނީ 66 އިންސައްތައަށް

ސްރީލަންކާގައި ކަރަންޓުގެ އަގު ބޮޑުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކަރަންޓްގެ އަގު ބޮޑުކޮށްފައިވަނީ 66 އިންސައްތައަށެވެ.

ކަރަންޓްގެ އަގުބޮޑުވިކަން އިއުލާންކޮށްފައިވަނީ އެ ގައުމުގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރު ކަންޗަނާއެވެ.

ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ން ވަނީ އެއްބަސްވެފައެވެ.

އައިއެމްއެފްއިން ލަންކާއަށް ފޯރުކޮށްދިނުމަށް މަޝްވަރާކުރަމުންދާ ޕްރޮގްރާމަކީ ހަތަރު އަހަރަށް ބަހާލައިގެން ފޯރުކޮށްދެވޭ އެހީއެކެވެ. މިއެހީގެ ދަށުން ސަރުކާރުގެ އާމްދަނީ އިތުރުކޮށް ފިސްކަލް ކޮންސޮލިޑޭޝަނަށް ބާރުއެޅުމަށް ވަނީ އަމާޒުހިފާފައެވެ. އަދި ތެލާއި ކަރަންޓަށް އައު އަގުތައް ކަނޑައެޅުމަކީ މި އެހީގެ ދަށުން އަމާޒުހިފާފައިވާ ކަމެކެވެ.

- ކޮމެންޓް