Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 13:18
އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް ޒާހިދު އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް ޒާހިދު އައްޔަން ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އެޗްއާރުސީއެމް
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު
ޒާހިދު ވަނީ މީގެކުރިންވެސް އެޗްއާރުސީއެމްގެ މެމްބަރުކަން ކުރައްވާފަ

ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް އައްޔަން ކުރެއްވި މުހައްމަދު ޒާހިދު އެ ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ.

މިކަން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

މީގެކުރިންވެސް އެޗްއާރުސީއެމްގެ މެމްބަރުކަން ކުރައްވާފައިވާ ޒާހިދު އެ ކޮމިޝަންގެ މެމްބަރު ދެ ވަނަ ފަހަރަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 57 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްވުމާއި ގުޅިގެން ރައީސް ޔާމީން، އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަން ކުރައްވާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް