Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 12:44
ސައުދު ހުސެއިން
ސައުދު ހުސެއިން
ރާއްޖެ އެމްވީ
މެންބަރު ސައުދު
ސައުދު ހާޒިރުކުރީ ކައުންސިލްގައި ހުންނެވި އިރު ހިންގެވި ކަމަށް ބުނާ ކަމަކާ ގުޅިގެން!
ކައުންސިލްގައި ހުންނެވި އިރު ހިންގެވި ކަމަށް ބުނާ ކަމެއް
ހަތަރު ވަރަކަށް އަހަރުގެ ކުރީގެ މައްސަލައެއް
އޭސީސީގެ ތުހުމަތުތައް ސައުދު ދޮގުކުރައްވާ

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން, ވިލނގިލީ ކައުންސިލަރު ކަމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާ ބުނާ ކަމަކާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހާޒިރުކޮށް ސުވާލު ކޮށްފި  އެވެ. 

 

ސައުދު އޭސީސީން ނިކުމެވަޑައިގެން ވިދާޅުވީ އޭނާ ހާޒިރު ކޮށްފައިވަނީ ވިލިނގިލީ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ހިންގި ކަމަށްބުނާ ކޮރަޕްޝަނުގެ އަމަލަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ ހަތަރު ވަރަކަށް އަހަރު ކުރީގެ މައްސަލާގައި ވަކީލަކާއެކު ހާޒިރުވުމަށް އެންގުމުން ހާޒިރުވެވަޑައިގެންނެވީ ވަކީލަކާ އެކު ކަމަށެވެ. 

ނަމަވެސް އޭސިސީގެ އުސޫލުތަކުގެ ތެރެއިން ދިމާވި މައްސަލައެއެއްގައި މިއަދު ގެންދެވި ވަކީލަކަށް ފުރުސަތު ނުލިބުނު ކަމަށާއި އެހެން ނަމަވެސް ވާނީ ބަޔާން ދެއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މައްސަލާގެ ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް އޭނާ ކުރާ ތުހްމަތުތައް ދޮގު ކުރައްވަ އެވެ. 

 

ވިލިނގިލީ ރަށު ކައުންސިލަރު ކަމުގައި ސައުދު ހުންނެވީ  ލޯކަލް ކައުންިސލްތަކުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންތިހާބު ކުރި ކައުންސިލްގެ ތިން އަހަރު އެވެ. މިހާރު ހިނގަމުން ދަނީ ކައުންސިލްގެ ތިން ދައުރެވެ.  ސައުދުގެ ދިފާއީ ވަކީލްވެސް ވަނީ ސައުދުގެ މައްޗަށް ކުރެވޭ ތުހްމަތު ތަކަކީ ދޮގު ތުހްމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. 

 

ސައުދަކީ މީގެ ކުރިން ސަރުކާރު ހިންގައި މައި ޕާޓީ، ޕީޕިއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވި މެމްބަރެކެވެ. ނަމަވެސް ސަރުކާރަށް ފާޑު ވިދާޅުވާން ފެށުމާއެކު ސައުދު ވަނީ ޕީޕީއެމް އިން ވަކިކުރައްވާފަ އެވެ. އަދި އޭގެ ފަހުން ސައުދުގެ މައްޗަށް ވަނީ ޖިނާއީ އެހެން ތުހްމަތެއްވެސް ކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހްމަތެވެ. އެ މައްސަލާގެ ތަހްގީގަށްވެސް ސައުދު ފުލުސް އޮފީހަށް ހާޒިރުކޮށް ފުލުހުން ވަނީ ބަޔާން ނަގާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް