Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 12:03
ވިލިނގިލިގެ ބޮޑުބައެއް ފެންބޮޑުވެފައި
ވިލިނގިލިގެ ބޮޑުބައެއް ފެންބޮޑުވެފައި
ރާއްޖެއެމްވީ
ވިއްސާރަ
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި
ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަ ކުރަމުން
ވިލިނގިލީގެ ގިނަ ގެތަކަށް ވަނީ ފެން ވަދެފައި
އެރަށުގެ 70 ޕަސެންޓް ސަރަހައްދުގައި ފެންބޮޑުވެފައި

މިހާރު ކުރަމުންދާ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި ރަށުގެ  70 ޕަސެންޓް ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށް ގއ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ގއ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ، ވިލިނގިލީގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާ އިރު ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން ގާތްގަނޑަކަށް 14 ވަރަކަށް ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން ބައެއް ގެތަކުގެ ކާޑުގެ ބާވަތްތަކަށް ގެއްލުން ލިބިފައިވާ އިރު ނިދާ އެނދަށާއި ކަރަންޓް ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ފެން އެއްކޮށް ހިންދޭ ވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންނާއި ކައުންސިލް އަދި ރެޑް ކްރިސެންޓްގެ އެހީގައި ހަތަރު ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ އިރު  ހަލާކުވެފައިވާ ބައެއް ޕަމްޕުތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ގއ އަތޮޅު ކައުންސިލުން ބުނެ އެވެ. 

އާދިއްތަ ދުވަހުގެ ފަތިހު 04:30 ފެށިގެން ހެނދުނު 09:30 ވަންދެން ހުއްޓުމެއްނެތި ވާރޭ ވެނުނު އިރު މޫސުން އަދިވެސް އޮތީ ބަނަކޮށް ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގައި ލ އަތޮޅާއި ތ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ޖުލައި 2017 | އާދީއްތަ 13:20
Abdul Latheef
أَللهم حَوَالَيْنَا وَلاَ عَلَيْنَا މި ދުޢާ ވީހާވެސް ގިނައިން ކިޔާށެވެ. ދުޢާ އަކީ މުސްލިމުންގެ ހަތިޔާރެވެ. އިރާދަ ކުރެއްވިއްޔާ ތިޔަ ޖެހިގެން އުޅޭ ފެނުގެ މުޞީބާތުން ސަލާމަތް ވެދާނެތެވެ