ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 22:23
މުހައްމަދު ނިޒާމް،
މުހައްމަދު ނިޒާމް،
ލިޓަންގެ މަރުގެ މައްސަލަ
ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ނިޒާމް ހައްޔަރުކުރީ ލިޓަންގެ މަރުގެ ތުހުމަތުގައި

މިދިޔަ ޖެނުއަރީ މަހު ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރު ކޮށްފައެވެ.

ފުލުހުން ނިޒާމް ހައްޔަރުކުރީ ލިޓަންގެ މަރުގެ ތުހުމަތުގައިކަމަށްވާއިރު، އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ކުރާނެ ދައުވާތަކާމެދު ޕީޖީން އަދި ގޮތެއް ނުނިންމައެވެ.

ނިޒާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ޖެނުއަރީ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ވަނީ ފެނިފައެވެ. އެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ފުލުހުން ވަނީ އެ ހަށިގަނޑު މިހާރު ވަޅުލާފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑުކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް