ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 08:45
ސީރިއާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ވެއްޓިފައި ހުރި އިމާރާތްތައް
ސީރިއާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގައި ވެއްޓިފައި ހުރި އިމާރާތްތައް
ރޮއިޓާރސް
ތުރުކީ-ސީރިއާ ބިންހެލުން
ބިންހެލުމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް - މަރުވި މީހުންގެ އަދަދު 36000ށް އަރައިފި
ތުރުކީގައި މަރުވި މީހުންގެ އަދަދު 31،643 އަށް އަރާފައިވޭ
ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 4،574
ތުރުކީގެ 13.5 މިލިއަން މީހުންނަށް އަސަރުކޮށްފައިވޭ

ފެބްރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 36،217 އަށް އަރައިފިއެވެ.

ތުރުކީގައި މަރުވި މީހުންގެ އަދަދު 31،643 އަށް އަރާފައިވާ ކަމަށް ތުރުކީގެ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރު ސަކޮމް އިން ހޯމަ ދުވަހު ބުނެފައިވެއެވެ.

ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 4،574 އެވެ. އެ އަދަދުގައި ހިމެނެނީ ސީރިއާގެ ހުޅަނގު އުތުރުގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި ތިބި 3،160 އަށް ވުރެ ގިނަ މީހުން ކަމަށް ސެލްވޭޝަން ގަވަރމަންޓް ގަވަރނަންސް އޮތޯރިޓީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ސީރިއާގައި މަރުވި މީހުންގެ ތެރޭގައި ވެސް ސީރިއާގެ ސަރުކާރު ކޮންޓްރޯލްކުރާ ސަރަހައްދުތަކުން މަރުވި 1،414 މީހުން ހިމެނޭ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ސާނާ އިން ބުނެއެވެ.

ދިރިތިބި މީހުން ހޯދުމުގެ އުންމީދުތައް ފަނޑުވެފައިވާއިރު، އެ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ދީފައެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހުޅަނގުން، އަދާނާ އިން ފެށިގެން އިރުމަތީ ދިޔާބަކީރާ ހަމައަށް ގާތްގަނޑަކަށް 450 ކިލޯމީޓަރު (280 މޭލު) އާއި އުތުރުން މަލާޓިޔާ އިން ދެކުނުގެ ހަޓޭއާ ހަމައަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ ސަރަހައްދުގައި ގާތްގަނޑަކަށް 13.5 މިލިއަން މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ޓްރެކްޓަރާއި ކެރޭނާއި ބުލްޑޯޒަރާއި އަދި އެކްސްކަވޭޓަރު ހިމެނޭ ގޮތަށް 5،500 އަށް ވުރެ ގިނަ އުޅަނދުގެ އެހީގައި 110،000 އަށް ވުރެ ގިނަ މީހުން ސަލަމާތްކުރުމުގައި ހަރަކަތްތެރިވާ މީހުން ބައިވެރިވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ 95 ގައުމަކުން އެހީ ހުށަހަޅާފައިވާ ކަމަށެވެ.

ތާށިވެފައި ތިބި މީހުން ހަފްތާއެއް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ދިރިހުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނި ނަމަވެސް، ފިނި ހޫނުމިނުގައި ސަލާމަތްވި މީހުން ހޯދުމުގެ ފުރުސަތު ކުޑަވަމުން އަންނައިރު، އެމަރޖެންސީ ކްރޫއިން މިހާރު ވަނީ ނުރައްކާތެރި ގޮތަށް ހުރި ތަންތަނާއި ވެއްޓެން ކައިިރިވެފައި ހުރި ތަންތަން ތަޅާލުމަށް މަސައްކަތް ފަށަން ތައްޔާރުވެފައެވެ.

- ކޮމެންޓް