ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 09:48
ބާސާ އަށް ކުޅެމުން އަންނަ ޖެރިމީ މެތިއު
ބާސާ އަށް ކުޅެމުން އަންނަ ޖެރިމީ މެތިއު
ގޯލް.ކޮމް
ޖެރިމީ މެތިއު
ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި
މެތިއުގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ
މެތިއު ހޯދުމަށް އެމެރިކާގެ ކްލަބްތަކުން މަސައްކަތްކުރި

ޕޯޗުގަލްގެ ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް ޖެރިމީ މިތުއަށް ބާސެލޯނާ އިން ހުއްދަދީފި އެވެ.

ބާސާއާއެކު މެތިއު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު، މިވަގުތު ޗުއްޓީގައި ހުރި މެތިއު ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް ހުއްދަދިނީ ޓްރައަލްއެއްގެ ދަށުން ކަމަށް ބާސާ އިން ބުނެއެވެ.

ބާސާ އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 33 އަހަރުގެ މެތިއުގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި، އެކަމާ ސްޕޯޓިންއާވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޗައިނާ އަދި އެމެރިކާގެ ބައެއް ކްލަބްތަކުންވެސް ވަނީ މެތިއު ހޯދުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މެތިއު ބޭނުންވަނީ ޕޯޗުގަލްގައި މިވަގުތު ކާމިޔާބީ ހޯދަންށެވެ.

ވެލެންސިއާ އަށް ކުޅުމަށްފަހު، 2014 ވަނަ އަހަރު ބާސާ އަށް ބަދަލުވި މެތިއު ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 91 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ފްރާންސް ގައުމީ ޓީމަށް ފަސް މެޗު ކުޅެފައިވާ މެތިއު ވަނީ ބާސާއާއެކު ލަލީގާ ދެފަހަރު، ކޮޕާޑެލްރޭ ތިންފަހަރު، ސްޕެނިޝް ސުޕާކަޕް އެއްފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕާކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

 

- ކޮމެންޓް