ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 07:26
ސައިޕްރަސްގެ ރިޔާސީ އިންތިޚާބު
ސައިޕްރަސްގެ ރިޔާސީ އިންތިޚާބު
އޭޕީ
ސައިޕްރަސްގެ ރިޔާސީ އިންތިޚާބު
ސައިޕްރަސްގެ ރައީސް ކަމަށް އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ނިކޯސް ކްރިސްޓޮޑުލިޑީސް
ނިކޯސް އަށް ވަނީ އިންތިޚާބުގައި 51.92 އިންސައްތަ ވޯޓު ލިބިވަޑައިގެންފައި

ސައިޕްރަސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ނިކޯސް ކްރިސްޓޮޑުލިޑީސް ކާމިޔާބު ކޮށްފިއެވެ.

އޭނާ އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ޤައުމުގެ ޑިޕްލޮމެޓް އަދި ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ އެންޑްރެއާސް މެވްރޮޔިއެނިސްއާ ވާދަކުރައްވައެވެ. އެގޮތުން ނިކޯސް އަށް ވަނީ އިންތިޚާބުގައި 51.92 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ.

މިއީ އީޔޫގެ މެންބަރު ޤައުމެއް ކަމަށްވާ ސައިޕްރަސްގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރި އަށްވަނަ ފަހަރެވެ. މި އިންތިޚާބު ނިކޯސްއަށް ކާމިޔާބު ކުރެއްވުނީ މުޖުމަތައުގެ ހުރިހާ އެންމެންވެސް ގަބޫލުކުރާނެ ފަދަ ސަރުކާރެއް އެކުލަވާނެ ކަމުގެ ޔަގީންކަން ދެއްވުމާ ގުޅިގެންނެވެ.

އާދީއްތަ ދުވަހު ސައިޕްރަސްގެ ވޯޓުލުން ކުރިއަށްގޮސްފައިވާއިރު މިދިޔަ ހަފްތާގައި އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުލުން ވަނީ ބާއްވާފައެވެ. ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ނިކޯސްއެވެ.

މި އިންތިޚާބު ކާމިޔާބު ކުރެއްވި އުމުރުން 49 އަހަރުގެ ނިކޯސް ކްރިސްޓޮޑުލިޑީސް ހުވާކުރެއްވުން އޮންނާނީ އަންނަ މަރޗް މަހުގެ އެއްވަނަ ދުވަހުއެވެ. މަގާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ކެބިނެޓް އެކުލަވައިލައްވާނީ ދެ ޖިންސު ހަމަހަމަވާގޮތަށް ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް