Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 07:24
ސީއެމްޑީއޭގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު
ސީއެމްޑީއޭގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު
ސީއެމްޑީއޭ
ސީއެމްޑިއޭގެ އަހަރީ ދުވަސް
ކެޕިޓަލް މަރކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކަށް ސީއެމްޑީއޭއިން އެވޯޑު ދީފި
އެވޯޑު ދީފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށާއި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް

ކެޕިޓަލް މަރކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން އެވޯޑު ދީފިއެވެ.

އެ އޮތޯރިޓީން މި އެވޯޑު ދީފައިވަނީ ސީއެމްޑީއޭގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ކެޕިޓަލް މަރކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ދެ ފަރާތަކަށް ވަނީ އެވޯޑު ދީފައެެވެ. އެއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަންއެވެ.

ސްޓޮކް އެކްސްޗޭންޖަށް ދީފައި ވަނީ އަލަށް ތަޢާރަފުކުރެވުނު 'ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް/ފްރޭމްވަރކް' އޮޕަރޭޓްކުރުމަށް 'ވިޔަނަ' ޕްލެޓްފޯމް ތަރައްޤީ ކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. އަދި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް ލިބިފައިވަނީ 'ޑިޖިޓަލް ބްރޯކަރޭޖް' ހިދުމަތްތައް ތައާރަފްކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ.

އެ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މަރކެޓް ތަރައްގީ ކުރުމުގައި ޕްރޮފެސަރ ޑރ. އައިޝަތު މުނީޒާ ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވެސް ވަނީ އެވޯޑެއް ދީފައެވެ. އަދި، ސީއެމްޑީއޭގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށްވެސް މި ރަސްމިއްޔާތުގައި ވަނީ އެވޯޑު ދީފައެވެ.

Advertisement

ސީއެމްޑީއޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއެވެ. އޭނާ ވަނީ ރާއްޖޭގެ ކެޕިޓަލް މަރކެޓް ތަރައްގީ ކުރުމުގެ މުހިންމުކަމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކޮށް ކުންފުނިތަކުގެ 'ޓްރާންސްޕޭރަންސީ' އަދި 'އެކައުންޓަބިލިޓީ' އިތުރުކުުުރުމާއި، އިންވެސްޓަރުންގެ 'ކޮންފިޑަންސް' މަރކެޓުގެ މައްޗަށް ދެމެހެއްޓުމުގައި ސީއެމްޑީއޭގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.

އޭގެއިތުރުން، ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ވަނީ މާކެޓަށް މިފަހުން ގެނެވިފައިވާ ކުރިއެރުންތަކުގެ ހުލާސާ ރިޕޯޓެއް ހުށަހަޅާފަ އެވެ.

ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީކޮށް ރެގިއުލޭޓު ކުރުމުގެ ޒިންމާ އަދާކުރާ ކުރުމަށް 2006 ވަނަ އަހަރު ވުޖޫދު ކުރި މުއައްސަސާއެކެވެ.

މިހަފްލާގައި ކެޕިޓަލް މާރކެޓްގެ މުއައްސަސާތަކާއި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އިސްވެރިންނާއި ކެޕިޓަލް މާރކެޓާ ގުޅުންހުރި ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް