ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 21:14
ގެއްލިގެން ހޯދަމުން ދާ މުޙައްމަދު އާސިރު އިސްމާއިލް
ގެއްލިގެން ހޯދަމުން ދާ މުޙައްމަދު އާސިރު އިސްމާއިލް
މޯލްޑިވްސް ޕޮލިސް ސާރވިސް
ގެއްލިގެން ހޯދަމުންދާ މީހާ
އާސިރު އެންމެ ފަހުން ފެނުނީ އެއަރޕޯޓް ޓަރމިނަލްއަށް ވަންނަ ތަން - ޕޮލިސް
އެއްވެސް އެއަރލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ވެސް ނުދޭ

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނީ އެއަރޕޯޓް ޓަރމިނަލްއަށް ވަންނަތަން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންބުނީ ސ. މަރަދޫ / ގަސްކަރަ، މުހައްމަދު އާސިރް އިސްމާއިލް (31އ) ހޯދުމަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައި ނުވާ ކަމަށެވެ. އާސިރު ގެއްލިގެން ހޯދަމުން އަންނަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 7:30ން ފެށިގެންނެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޫޖްތަކާއި އެއަރޕޯޓުގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖްތައް ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން، ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭގަނަޑު 7:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު ޓެކްސީއިން ފައިބައިގެން ގޮސް ޓާމިނަލްއަށް ވަން މަންޒަރު ސީސީޓިވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ އެއްވެސް އެއަރލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް މާލޭގެ އިތުރު ސަރައްހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޫޖްތަކާއި އެއަރޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށެވެ.

އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް