Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 15:37
އެމްއެމްއޭ
އެމްއެމްއޭ
ސަން އޮންލައިން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ކުރަން ޖެހުމުން ޗާޕްކުރި ފައިސާ އަނބުރާ ދައްކަން ފަށައިފި
3.9 ބިލިއަން ރުފިޔާގެ ތެރެއިން 462.2 މިލިއަން ރުފިޔާ ސަރުކާރުން އަނބުރާ ދައްކާފައިވޭ

ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރަން ޖެހުމުން ޗާޕްކުރި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ފަށައިފިއެވެ.

ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރަން ޖެހުމުން ޗާޕްކުރި، 3.9 ބިލިއަން ރުފިޔާގެ ތެރެއިން 462.2 މިލިއަން ރުފިޔާ ސަރުކާރުން އަނބުރާ ދައްކާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފައެވެ.

މަޖިލީހުން ދިން ހުއްދައިގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ވަނީ ސަރުކާރުން ޗާޕްކޮށްފައެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓު ދައްކާގޮތުން މި އަދަދުން 462.2 މިލިއަން ރުފިޔާ މިހާރު ސަރުކާރުން ވަނީ ދައްކާފައެވެ. އެހެންކަމުން ދެން ބާކީއޮތީ 3.4 ބިލިއަން ރުފިޔާއެވެ.

Advertisement

ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރަން ނުވަތަ ފައިސާ ޗާޕުކުރަން މަޖިލީހުން ހުއްދަ ދިނީ ކޮވިޑާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ނަމަވެސް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިންޕްލޭޝަންއަށް އަސަރުކޮށް، ދިވެހި ރުފިޔާގެ އަގަށް އަސަރުކުރާތީ މިއީ އެމްއެމްއޭ އިން ތާއީދުކުރާ ކަމެއް ނޫނެވެ.

ސަރުކާރުން ފުރަތަމަ އަހަރު ނެގި ފައިސާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފައެވެ. އިތުރަށް ޗާޕްކޮށްގެން ނަގާ ފައިސާ އަނބުރާ ސަރުކާރުން ދައްކާކަން ކަށަވަރު ކުރަން އެމްއެމްއޭއިން މަޖިލީހުގައި ވަނީ އެދިފައެވެ. އަދި އިތުރަށް ފައިސާ އޯވަޑްރޯކުރަން ސަރުކާރުން އެދިފައެއް ނުވެއެވެ.

ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އެއިން ލިބުނު އާމްދަނީ 65 އިންސައްތަ ވަނީ ބޮޑުވެފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. މިދިޔަ މަސް ނިމުނު އިރު ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާއެވެ. މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 405 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް