އިންޑިއާގެ ބެންގަލޫރުން އިއްޔެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި އިއްޔެ އެ މީހާ ވަނީ އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީ ބުނެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޮންކަހަލަ މައްސަލައެއްގެ ތުހުމަތުގައި ކަމެއް ވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމް ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާގައި އުޅެނިކޮށް އޭނާވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާއަކީ އިދިކޮޅު ކޯލިޝަންގެ އިންޑިއާ އައުޓް ކެމްޕޭނުގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވާ އެކެކެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ އިންޑިއާއިން ފުރުވައިލައިފައެވެ.