ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 12:23
ދިވެހިރާއްޖޭގެ ނޭޝަނަލް ކޮމިޝަންއަށް މި މުބާރާތުގައި 1 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ދަޢުވަތު ވަނީ ލިބިފައި
ދިވެހިރާއްޖޭގެ ނޭޝަނަލް ކޮމިޝަންއަށް މި މުބާރާތުގައި 1 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ދަޢުވަތު ވަނީ ލިބިފައި
ރާއްޖެއެމްވީ
ޅެން ހެދުމުގެ މުބާރާތް
ކީރިތި ރަސޫލާގެ ނަމޫނާ ސިޔަރަތާ ގުޅޭ ޅެން ހެދުމުގެ މުބާރާތަކަށް ރާއްޖެއަށްވެސް ދައުވަތު
 
ރާއްޖެއިން ބައިވެރިކުރާ ކެނޑިޑޭޓް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޓީމަކުން
 
ޅެން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00

ކީރިތި ރަސޫލާގެ ނަމޫނާ ސިޔަރަތާ ގުޅޭ ޅެން ހެދުމުގެ މުބާރާތަކަށް ރާއްޖެއަށްވެސް ދައުވަތު ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ)ގެ ތައުލީމާ ސައިންސާ ސަގާފަތާ ބެހޭ ޖަމިއްޔާ އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ ފަރާތުން ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވަނީ 21 މާރިޗު 2023 ގައެވެ.

މި މުބާރާތަށް މިއަހަރު އިސެސްކޯގެ ފަރާތުން ކަނޑައަޅާފައިވާ  ތީމް އަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺގެ ނަމޫނާ ސިޔަރަތެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ދިވެހިރާއްޖޭގެ ނޭޝަނަލް ކޮމިޝަންއަށް މި މުބާރާތުގައި 1 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ދަޢުވަތު ވަނީ ލިބިފައެވެ.

ދިވެހިރާއްޖެއިން ބައިވެރިކުރާ ކެނޑިޑޭޓް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޓީމަކުންނެވެ.

އޭގެ އިތުރުން، މި މުބާރާތުގައި އިސެސްކޯގެ މެންބަރު ޤައުމުތަކުން ބައިވެރިކުރާ ޅެންތަކުގެ ތެރެއިން އެންމެ މޮޅު 7 ޅެމެއް ހޮވައި، އެފަރާތްތަކަށް، ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ބައިވެރި ވުމުގެ ދަޢުވަތު އިސެސްކޯއިން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އިނގިރޭސި ބަހުން ނުވަތަ ޢަރަބި ބަހުން ޅެން ހެއްދެވުމަށްފަހު އިސެސްކޯ ނެޝަނަލް ކޮމިޝަނަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ، 9 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުމަށް އެދިފައެވެ.

ޅެން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި