ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 07:30
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކެއް "ލިމިޓްލެސް" ކޮށްފި
ލިމިޓްލެސް ކޮށްފައިވަނީ ޕޯސްޓްޕެއިޑް 1000 އާއި 1700

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ސޯޝަލް މީޑިއާ، އެސްއެމްއެސް އަދި ފޯނުކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ "ޕޯސްޓްޕެއިޑް 1000" ޕެކޭޖުން 40 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާގެ އިތުރުން ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކުތަކަށްވެސް ހިލޭ ގުޅާލެވޭނެ ކަމަށެވެ.

މީގެ އިތުރުން "ޕޯސްޓްޕެއިޑް 1700" ޕެކޭޖުން 100 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާގެ އިތުރުން ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ މެނޭޖަރ، ކަސްޓަމަރ ވެލިއު މެނޭޖްމެންޓް އައިޝަތު އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ ގިނަ އޮޕްޝަންތަކެއް ލިބޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށެވެ. އެގޮތުން މި ގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު މޮބައިލްއެޕްhttps://bit.ly/Dhiraagu-App މެދުވެރިކޮށް ޕެކޭޖްތައް އަޕްގްރޭޑްކޮށްލެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފަރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

- ކޮމެންޓް