ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 19:15
މި ފެނުނު ގޮތް ނޭނގޭ އެތި ފައިޓަރ ޗެޓް ބޭނުންކޮށްގެން ވަނީ ވައްޓާލާފައި
މި ފެނުނު ގޮތް ނޭނގޭ އެތި ފައިޓަރ ޗެޓް ބޭނުންކޮށްގެން ވަނީ ވައްޓާލާފައި
ރޮއިޓާރސް
އެމެރިކާގެ އަސްކަރީ ވަައިގެ ސަރަހައްދު
އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވައްޓާލި އެއްޗަކީ 40،000 ފޫޓު އުހުގައި އުދުހެމުން ދިޔަ އެއްޗެއް
ކޮމަރޝަލް އެއަރލައިންތަކަށް 45000 ފޫޓު އުހުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވޭ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެެރިކާގެ އެލަސްކާއިން ފެނުނު މި އެއްޗަކީ، އެ ސަރަހައްދުގައި އުހުގައި އުޅުނު އެއްޗެކެވެ. އަދި އޭތި ވައްޓާލާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިރުޝާދާއެކުގައި ހުކުރު ދުވަހުއެވެ. ވައިޓް ހައުސްއިން ބުނިގޮތުގައި، ވައްޓާލާފައިވާ އެއްޗަކީ ސައިޒުގެ ގޮތުން ބަލާއިރު ކުޑަ ކާރަކާ އެއްވަރު އެއްޗެކެވެ. އެހެންކަމުން އެއީ އަސްކަރީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ގަބޫލުކުރެވުނު ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވަނީ އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ފުއްޕާހަމެއް ވައްޓާލިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މިފަހަރު އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު އެއްޗަކީ ކުރިން ފެނުނު ބެލޫނަށްވުރެ ކުޑަ އެއްޗެއް ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު އެއްޗަކީ ކޯޗެއްކަން ސާފުނުވާ ކަމަށާއި، އެއީ ކީއްކުރާ އެއްޗެއްކަންވެސް ސާފުކޮށް ބުނަން ނޭނގޭކަމަށް ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވައްޓާލި އެއްޗަކީ 40،000 ފޫޓު އުހުގައި އުދުހެމުން ދިޔަ އެއްޗެކެވެ. ކޮމަރޝަލް އެއަރލައިންތަކަށް 45000 ފޫޓު އުހުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު އެއްޗަކީ ކޮން ގައުމަކަށް ނިސްބަތްވާ އެއްޗެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ. ނުވަތަ އެއީ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އެއްޗެއްތޯ ނުވަތަ ނޫންތޯވެސް އަދި ސާފެއް ނޫނެވެ. އެމެރިކާގެ އަސްކަރީ ވައިގެ ސަރަހައްދުން މިދިޔަ ހަފްތާގައި ފެނުނު ޗައިނާގެ ސްޕައި ބެލޫނަކީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންގެ ބައެއްކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެ ބެލޫން އެމެރިކާއަށް ވަނީ ކެނެޑާ ސަރައްދުންކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން ވަނީ ފައިޓަރ ޖެޓެއްގައި މިސައިލެއް ފޮނުވައިގެން އެ ބެލޫން ވައްޓާލާފައެވެ. އެމެރިކާއިން އެއީ ޗައިނާގެ އަސްކަރީ ބޭނުމަށް ގެންގުޅޭ ބެލޫނެއްކަަމަށް ބުނިނަމަވެސް އެ ގައުމުން އެކަން ދޮގުކުރެއެވެ. ޗައިނާއިން ބުނީ އެއީ ތަހުލީލުކުރުމަށް ބޭނުންކުރާ ބެލޫނެއް ކަަމަށެވެ. އަދި އެ ބެލޫނަށް އެމެރިކާއަށް ދަތުރުކުރެވުނީ އޮޅިގެން ކަމަށެވެ.

- ކޮމެންޓް