ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 11:20
މުރައިދޫއާއި ދިއްދޫ ވާދަކުރި މެޗުގެ ތެރެއިން
މުރައިދޫއާއި ދިއްދޫ ވާދަކުރި މެޗުގެ ތެރެއިން
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ހއ.އަތޮޅުގެ ތިން ގްރޫޕްގެ އެއްވަނައިގައި ކެލާ، ވަށަފަރު އަދި ދިއްދޫ
މިއަދު ހަވީރާއި މިރޭވެސް މެޗުތައް ކުޅޭނެ

ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ހއ.އަތޮޅުގެ ތިން ގްރޫޕުން އެއްވަނަ ކެލައާއި, ވަށަފަރު އަދި ދިއްދޫ ހޯދައިފިއެވެ.

ހއ.އަތޮޅުގެ ގްރޫޕްގެ އެކެއްގައި ތިން މެޗު ކުޅެ ނިމުނުއިރު ކެލާ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުއެވެ. ގްރޫޕްގައި ހިމެނެނީ ހަތަރު ޓީމެވެ. މިގްރޫޕްގައި ދެން ހިމެނެނީ ބާރަށް, މާރަންދޫ އަދި ތުރާކުނެވެ. ކެޓީ ތުރާކުނެވެ. ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތީ ވަށަފަރެވެ. އެއީ ހަތަރު ޓީމް ހިމެނޭ ގްރޫޕްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. މިގްރޫޕްގައި ދެން ހިމެނެނީ އުތީމް, ހޯރަފުށި އަދި އިހަވަންދޫއެވެ. ކެޓީ އިހަވަންދޫއެވެ. ގްރޫޕް ތިނެއްގެ އެއްވަނައިގައި ދިއްދޫ އޮތީ ހަތް ޕޮއިންޓާއެކުއެވެ. މިގްރޫޕްގައި ދެން ހިމެނެނީ ފިއްލަދޫ, މުރައިދޫ އަދި ތަކަންދޫއެވެ. ކެޓީ ތަކަންދޫއެވެ. ކޮންމެ ގްރޫޕަކުންވެސް ގަދަ ތިން ޓީމް ވަނީ ކްއާޓާއަށް ދަތުރުކޮށްފައެވެ.

މުބާރާތުގައި ހުކުރު ދުވަހުގެރޭ ބާރަށް އަތުން 3-2 ން މާރަންދޫ މޮޅުވިއެވެ. ތުރާކުނު އަތުން 2-0 ން ކެލާ މޮޅުވިއެވެ. ވަށަފަރު ވަނީ 2-1 ން އުތީމް ބަލިކޮށްފައެވެ. ހޯރަފުއްޓާއި, އިހަވަންދޫ ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ތަކަންދޫ އަތުން 3-2 ން ފިއްލަދޫ މޮޅުވިއެވެ. ދިއްދުއާއި މުރައިދޫ ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.

މާލެ އަތޮޅު ބުރުގައި މާފުށިން ވަނީ 2-1 ން ހިންމަފުށު ބަލިކޮށްފައެވެ. ތ.އަތޮޅު ބުރުގައި ތިމަރަފުށިން ވަނީ 8-1 ން ބުރުނި ބަލިކޮށްފައެވެ.

- ކޮމެންޓް