Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 18:58
އެމްޑީޓީސީގެ ބޯޑުގެ ޗެއާމަން އަބްދުﷲ ފާއިޒު
އެމްޑީޓީސީގެ ބޯޑުގެ ޗެއާމަން އަބްދުﷲ ފާއިޒު
ރާއްޖެއެމްވީ
އެމްޓީޑީސީ
އެމްޓީޑީސީގެ އައު ހެޑް އޮފީސް އިމާރާތް ވެގެންދާނީ ކުރިމަގާއި ފާގަތި މުސްތަޤްބަލް ރަމްޒުކޮށްދޭ މުހިންމު ބިނާއަކަށް: އަބްދުﷲ ފާއިޒު
އެމްޑީޓީސީގެ އައު ވެބްސައިޓާއި ލޯގޯ އިފްތިހާހު ކުރުމަކީ ކުންފުނި އިތުރު ހަރުފަތަކަށް ގެންދިޔުމަށް މެނޭޖްމަންޓުން އެޅި މުހިންމު ފިޔަވަޅެއް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު ހެޑް އޮފީސް އިމާރާތް ކުންފުނީގެ ކުރިމަގާއި ފާގަތި މުސްތަޤްބަލް ރަމްޒުކޮށްދޭ މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށް އެ ކުންފުނީގެ ބޯޑުގެ ޗެއާމަން އަބްދުﷲ ފާއިޒު ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި އޮތް ހަފްލާގައި ފާއިޒު ވިދާޅުވީ އެމްޑީޓީސީގެ އައު ވެބްސައިޓާއި ލޯގޯ އިފްތިހާހު ކުރުމަކީ ކުންފުނި އިތުރު ހަރުފަތަކަށް ގެންދިޔުމަށް މެނޭޖްމަންޓުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ގޮންޖެހުންތަކާއެކު ވެސް ވޭތުވެދިޔަ 15 އަހަރު ކުންފުންޏަށް ލިބުނު ކާމިޔާބީގެ ސިއްރަކީ އެހާރާއި މިހާރުގެ ބޯޑު ހީވާގި މުވައްޒަފުންނާއި ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކޯޕަރޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް އޮތް ޚާއްސަ ހަފުލާގައި އައު ލޯގޯއާއި ވެބްސައިޓްގެ އިތުރުން އެ ކުންފުނީގެ ހެޑް އޮފީސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

Advertisement

މި އޮފީހަކީ 6،000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި އަޅައި ހަތް ބުރީގެ އިމާރާތެކެވެ. މި އޮފީހުގައި މަލްޓި ޕާޕަސް ހޯލަކާއި، ޕާކިން އޭރިއާއަކާއި ޖިމަކާއި ބިޒްނަސް ލޯންޖެއްގެ އިތުރުން އޯޕަން އޭރިއާ ޓެރަސް އެއް ހުންނާނެއެވެ.

މި އޮފީސް އިމާރާތް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނި މިއަހަރުގެ ދެ ވަނަ ކުއާޓަރގައެވެ. އަދި އިމާރާތް ތަރައްޤީކޮށް ނިންމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައިކަމަށް އެމްޓީޑީސީން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގެ އިޤްތިސާދަކީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން އޭގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ލިބިދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށް އެމްޑީޓީސީން ބުނެއެވެ.

އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް