ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 15:59
އީގަލްސްގެ އެއްބަސްވުން އާކުރުމަށްފަހު އިއްމަ: ފޮޓޯ-އީގަލްސް
އީގަލްސްގެ އެއްބަސްވުން އާކުރުމަށްފަހު އިއްމަ: ފޮޓޯ-އީގަލްސް
އީގަލްސް އާސީޒަނަށް
އިންމައާއި ސަމީހު އީގަލްސްގެ އެއްބަސްވުން އާކޮށްފި
މުހިއްމު ތިން ކުޅުންތެރިން ވަނީ ކްލަބް ދޫކޮށްލާފަ

މިޑްފީލްޑަރ އިމްރާން ނަޝީދު (އިއްމަ)އާއި ސަމީހު މޫސާ ކްލަބް އީގަލްސްގެ އެއްބަސްވުން އާކޮށް ކްލަބްގައި މަޑުކުރަން ނިންމައިފިއެވެ.

އިމްރާން ނަޝީދަކީ އީގަލްސްގައި ވިދާލާ, ޤައުމީ ޓީމުންވެސް ޖާގަ ހޯދި ކުޅުންތެރިއެކެވެ. އީގަލްސްގައި ދެއްކި މޮޅުކުޅުމާއެކު ނިއުރޭޑިއަންޓުން ލިބުނު ފުރުޞަތުގައި ކްލަބް ދޫކޮށްލިނަމަވެސް އެނބުރި އަލުން އީގަލްސްއާ ގުޅި ޓީމްގެ މެދުތެރެ ބަލަހައްޓަމުން ދަނީ އިއްމައެވެ. އޭނާއަކީ މަސައްކަތުގެ ރޭޓް ބޮޑު ކުޅުންތެރިއެކެވެ. އީގަލްސްއިން ޕްރެޒިޑެންޓްކަޕް ކާމިޔާބުކުރިއިރު ކެޕްޓަނަކީވެސް އިމްރާން ނަޝީދެވެ. ސަމީހު އީގަލްސްއާ ގުޅުނީ 2012 ވަނަ އަހަރުއެވެ. ޓީމްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ސީނިއަރ އެއް ކުޅުންތެރިއަކީވެސް ސަމީހުއެވެ.

އާސީޒަނަށް ތައްޔާރުވާން ފަށާފައިވާ އީގަލްސްއިން ކުޅުންތެރިންގެ އެއްބަސްވުން އާކުރަން ފެށިއިރު މުހިއްމު ތިން ކުޅުންތެރިއަކު ވަނީ ޓީމްދޫކޮށްގޮސްފައެވެ. އެއީ ދެ ޑިފެންޑަރުންކަމަށްވާ އަހުމަދު ނޫމާން (ހެލްމެޓް)އާއި, އަހުމަދު ޝިފާއު ޔޫސުފްއާއި, ފޯވާޑް ހަންނައެވެ. ޤައުމީ ޓީމްގެ އެތިން ކުޅުންތެރިންވެސް ބަދަލުވީ މާޒިޔާއަށެވެ. އެކަމަކު މާޒިޔާއަށް ކުޅެމުން އައި ޤައުމީ ޓީމްގެ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ފެންނާނެކަމަށް ބެލެވެނީ އީގަލްސްއިންނެވެ. އީގަލްސްގެ ކޯޗަކަށް އެޓީމް ބިނާކުރި ކޯޗު އިހުސާން އަބުދުލްޣަނީ (ސާންތި) ހަމަޖައްސާފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ. އެކަމަކު އެކަން ކްލަބުން ކަށަވަރެއްނުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް