ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 09:26
ބިންހެލުމުގައި މަރުވި މީހުން ވަޅުލުމަށްފަހު ތުރުކީގެ އާންމު މީހަކު ހިތާމަ ފާޅުކުރަނީ
ބިންހެލުމުގައި މަރުވި މީހުން ވަޅުލުމަށްފަހު ތުރުކީގެ އާންމު މީހަކު ހިތާމަ ފާޅުކުރަނީ
ރޮއިޓާރސް
ތުރުކީ-ސީރިއާ ބިންހެލުން
ބިންހެލުމުގައި 21،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ސީރިއާ އާއި ތުރުކީގެ 78،124 މީހުން ޒަޚަމްވެފައިވޭ
ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 17،674 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދަކީ 72،879
ސީރިއާގައި މަދުވެގެން 3،377 މީހުން މަރުވެފައިވޭ

ތުރުކީއާއި ސީރިޔާއަށް މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މަދުވެގެން 21،051 އަށް އަރާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 17،674 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދަކީ 72،879 ކަމަށް ނައިބު ރައީސް ފުއަތު އޮކްޓޭ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ސީރިއާގައި މަދުވެގެން 3،377 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހުޅަނގު އުތުރުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި 2،030 މީހުން މަރުވި ކަމަށް ވައިޓް ހެލްމެޓްސް ސިވިލް ޑިފެންސް ގްރޫޕުން ބުނެއެވެ.

ސީރިއާގައި ގެއްލުން ލިބުނު ހުރިހާ ސަރަހައްދުތަކެއްގައި ޒަޚަމްވި މީހުންގެ އަދަދު 5،245 އަށް އަރާފައިވާ އިރު، ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި 2،295 އަދި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި 2،950 މީހުން ވަނީ ޒަހަމްވެފައެވެ.

ތުރުކީ ސަރުކާރާއި ވައިޓް ހެލްމެޓްސް އަދި ސީރިއާގެ ދައުލަތުގެ މީޑިއާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބިންހެލުމާ ގުޅިގެން ސީރިއާ އާއި ތުރުކީގެ 78،124 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް