ކ. މާލެ
|
8 ފެބްރުއަރީ 2023 | ބުދަ 15:58
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި އިމާރާތުގެ ދަށުގައި ތާށިވި މަރުވި ދަރިފުޅުގެ އަތުގައި ބައްޕަ ހިފަހައްޓައިގެން
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި އިމާރާތުގެ ދަށުގައި ތާށިވި މަރުވި ދަރިފުޅުގެ އަތުގައި ބައްޕަ ހިފަހައްޓައިގެން
އޭއެފްޕީ
ތުރުކީ-ސޫރިއާ ބިންހެލުން
ބިންހެލުން އައިތާ 50 ގަޑިއިރު - މަރުވި މީހުންގެ އަދަދު 9600އަށް
 
ސީރިއާގައި ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކާއި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ވެސް މަދުވެގެން 2،530 މީހުން މަރުވެފައިވޭ
 
ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 7،108 އަށް

ހޯމަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 9638 އަށް އަރާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ތުރުކީގައި މަރުވި މީހުންގެ އަދަދު މަދުވެގެން 7،108 އަށް އަރާފައިވާއިރު، އިތުރު 40،910 މީހުންނަށް އަނިޔާވެފައިވާ ކަމަށް ތުރުކީގެ ޑިޒާސްޓާ އެންޑް މެނޭޖްމަންޓް ޕްރެޒިޑެންސީ (ސަކޮމް) އިން ބުނެއެވެ.

ސީރިއާގައި ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކާއި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ވެސް މަދުވެގެން 2،530 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެހީދޭ އިދާރާތަކާއި ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވަނީ އަދިވެސް ގިނަ ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާތީ ކަމަށާއި މޫސުން ފިނިވުމުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ހުރަސް އެޅޭތީ ކަމަށެވެ.

ބިންހެލުން އައުމުން އިމާރާތްތަކުން ނިކުމެވުނު ގިނަ ބަޔަކުވެސް ވަގުތު ތައް ހޭދަ ކުރަމުން ގެންދަނީ ވަރަށް ދަތި ހާލުގައެވެ. ވަންނާނެ ހިޔާވައްސެއް ނެތި ވަގުތީ ރަބަރު ޓެންޓް ތައް ދަށުގައި ބަންޑުހައިހޫނުކަމާ ފިނީގެ އުދަގޫ ތަހައްމަލް ކުރަންޖެހިފައިވާ ހާލެއްގައެވެ. މާހިރުން ވިދާޅުވާ ގޮތުގައި މިމީހުންގެ ފުރާނަ ސަލާމަތް ވި ނަމަވެސް ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާގެ އަސަރު އަހަރު ތަކަކަށް ދެމިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް